ޛިކުރުކުރުން ގިނަކުރާށެވެ! އެއީ ހުރިހާ ކަމެއް ޙާޞިލްކުރަންވެސް ކުރަން އެންމެ ރަގަޅު ކަންތަކެވެ! އެންމެ ފައިދާހުރި ކަންތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޛިކުރުކުރުން ގިނަކުރާށެވެ! އެއީ ހުރިހާ ކަމެއް ޙާޞިލްކުރަންވެސް ކުރަން އެންމެ ރަގަޅު ކަންތަކެވެ! އެންމެ ފައިދާހުރި ކަންތަކެވެ!

ﷲ ތަޢާލާ އަޅުގަނޑުމެން އުފައްދެވުމަށްފަހު ބަލަހައްޓަވައި ގެންގުޅުއްވައި ދިމާވާހައި ކަމެއްގައި އެހީތެރިވެވޮޑިގެން މަގުފަހި ކޮށްދެއްވަވައެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ މިންވަރަށް ވުރެން އެތައް ގުނައެއް އިތުރަށް އެކަލާނގެ މީސްތަކުންނަށް ލޯބިވެ ވޮޑިގެންވެއެވެ. ކިތަންމެ އުރެދުނަސް ނިޢްމަތްތައް ދެއްވަވައެވެ. އެއީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާތެރިވަންތަ އެއްކައުވަންތަ މާތް ﷲ އެވެ.  

ވުމާއެކު އަޅުގަނޑުމެން އަބަދުމެ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަންޖެހެއެވެ. ދެއްވަމުންދާ ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހެއެވެ. ތިމާމެންގެ މުހުތާދު ފުރިހަމަ ކުރުމަށްޓަކައި ދުޢާ ދަންނަވަންޖެހެއެވެ. ތިމާމެންނަށް ދުނިޔެމަތިން ދިމާވެދާނެ ގެއްލުމަކުން ސަލާމަތަށް އެދި އިސްތިޣުފާރު ކުރަންޖެހެއެވެ. އޭރުން ދެދުނިޔެ ބާއްޖަވެރި ވާނެއެވެ.  

ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުމެވެ. އެއިލާހު ހަނދުމަ ކުޅައުމެވެ. އެއިލާހަށް ޙަމްދު ކުޅައުމެވެ. ހަމައެހެންމެ ކީރިތި ރަސޫލާ އަށް ޞާލަވާތް ކިޔެވުމަކީވެސް ޛިކުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރެވެ. 

މާތް ﷲ ވަޙީ ކުރަށްވަވާފައި ވެއެވެ. 

]فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ[

މާނައީ:  ތިޔަބައިމީހުން ކިޔަމަންތެރިކަމާއެކު ތިމަން އިލާހު ހަނދުމަކޮށް އުޅޭށެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދެއްވުމާއި ރަޙްމަތުގެ ނަޒަރުން ބައްލަވައި ވޮޑިގަތުމުގައި އަދި ދަންނާށެވެ! ހިލާ ތިމަން އިލާހުގެ ނިޢުމަތްތަކަށް ނާޝުކުރީވެ ނުގަންނާށެވެ. (ބަޤަރާ: 152) 

އެނގިގެން މިދަނީ ޛިކުރްކުރުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ! ރަޙްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގަންނަވާނެ ކަމެވެ. އެއިރުން އެމީހަކަށް ޙާޞިލްނުވާނީ ކޮން ކަމެއް ހެއްޔެވެ؟ ހުރިހާ ކަމެއް އެވަނީ ޙާޞިލްކުރެވި ނިމިފައި ނޫންހެއްޔެވެ؟

 

- މަޢްލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަޙްމަދުގެ ލިޔުއްވުމަކުން

މިއަދު އޮންލައިން