ބައިވެރިޔާއަކީ ހިތްހަމަނުޖެހުން ޢަމަލުތަކުން ބަޔާންކުރާ މީހަކުނަމަ އޮތީ ރުޅިއައުމެއް ނޫނެވެ! އިތުރަށް ސަމާލުކަން ދިނުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބައިވެރިޔާއަކީ ހިތްހަމަނުޖެހުން ޢަމަލުތަކުން ބަޔާންކުރާ މީހަކުނަމަ އޮތީ ރުޅިއައުމެއް ނޫނެވެ! އިތުރަށް ސަމާލުކަން ދިނުމެވެ!

ހިތުގައި އުފެދޭ އިޙްޞާޞްތައް އަނެކާއަށް އަންގައިދިނުމުގެ ކުޅަދާނަކަން އެކި މީހުންނަށް ލިބެނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ދުލުން ބަޔާންކުރުމުގެ ކުޅަދާނަކަން ލިބޭއިރު އަނެއްބައަކަށް ނުލިބެއެވެ. އެހެންވެ. އެމީހުންގެ އިޙްޞާޞްތައް އެމީހުން ހާމަކުރާނީ ޢަމަލުތަކުންނެވެ. 

މިބުނަނީ ކަމެއް ކުރިމަތިވާއިރަށް އަތް އިސްކުރުމުގެ ވާހަކައެއް ނޫނެވެ. އެމީހުން އަނެކާއާއި ކުރާ މުޢާމަލާތްތަކަށް ބަދަލުގެންނަ ވާހަކައެވެ. މިޘާލަކަށް ބުނާނަމަ މިހުރީ ހިތްހަމަނުޖެހިގެންކަން ޢަމަލުތަކުން ދައްކައިދޭ ވާހަކައެވެ. 

ވީމާ ޒަވާޖީޙަޔާތުގެ ބައިވެރިޔާއަކީ މިތަނުން ކޮންބާވަތެއްގެ މީހެއްކަން ދެނެގަންނަންވާނެއެވެ. ތިމާއަށް ކޮސްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ބަދަލު އަންނަނަމަ ރުޅި އިސްކުރުމުގެ ބަދަލުގައި އެދެނީ ކޮން މެސެޖެއްކަން ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. 

ބައެއްފަހަރު ދިމާވާ ގޮތަކީ މިކަންކަމަށް ވިސްނާވެސްނުލައި ފުރަތަމަވެސް ރުޅިއައިސް ނުބައިބަސްތައް ބުނެވެނީއެވެ. ލޯބިނުވަނީ ކަމަށްވެސް ބުނެވެނީއެވެ. ނަމަވެސް އެކަން އެގޮތަށް މެދުވެރިވަނީ ލޯބިނުވާތީއެއް ނޫނެވެ. ކިތަންމެ ބޮޑަށް ލޯބިވިޔަސް މިބުނިފަދަ ކަންކަން ކުރިމަތިވާނެއެވެ. 

ދިރިއުޅުމުގައި އެންމެ މުހިންމު އެއްކަމަކީ ބައިވެރިޔާގެ މިޒާޖާއި ޠަބީޢަތް ދަސްކުރުމެވެ. އެމީހެއްގެ މިޒާޖާއި ޠަބީޢަތަށް ވިސްނައިގެން މުޢާމަލާތު ކުރުމުން ނޫނީ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ވީމާ އަނބިމީހާކަމަށްވީނަމަވެސް އަދިފިރިމީހާ ކަމަށްވީނަމަވެސް އެމީހަކީ ޢަމަލުތަކުން ވާހަކަބުނާ މީހެއްނަމަ އެމީހަކާއިމެދު ސަމާލުކަން އިތުރުކުރަންވާނެއެވެ. ޢޭނާދޭ މެސެޖް ލިބިގަނެވޭނީ އެއިރުންނެވެ.

 

- އަލަފް / މިއަދުނޫހަށް  

މިއަދު އޮންލައިން