ދޮގަކީ އެންމެ ބޮޑު ޢަދާވާތްތެރިޔާ! ދޮގު ދެނެގަންނަން ކުރެވިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދޮގަކީ އެންމެ ބޮޑު ޢަދާވާތްތެރިޔާ! ދޮގު ދެނެގަންނަން ކުރެވިދާނެ ކަމެއް!

ބައިވެރިޔާކަމަށްވީނަމަވެސް އެކުވެރިއެއް ކަމަށްވީނަމަވެސް ބުނާބަސް ނުވަތަ ދައްކާ ވާހަކަ ތަކުރާރުކޮށް ދައްކައި އަދި އެވާހަކަ ގިރިޓީކޮށް އޮފްއަރުވަން މަސައްކަތްކުރާނަމަ އެއީ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ގިނަ ފަހަރަށް އެގޮތަށް ކަންތައް ކުރަނީ ދޮގުހަދަން މަސައްކަތްކުރާތީއެވެ. 

ބިރެއްނެތި ދޮގުބުނުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. ވީމާ އެއްވެސް މީހަކީ ދޮގު ނުބުނާނެ މީހަކުކަމަށް ނުބަލާށެވެ. ޙައްލަކީ އެއްވެސް މީހަކަށް އިތުބާރު ނުކުރުމެއް ނޫނެވެ. އެންމެން ދައްކާ ވާހަކަތަކަށްވެސް ސަމާލުކަންދިނުމެވެ. މީހުން ދައްކާ ކޮންމެ ވާހަކައެއް ވަޤުތުން ޤަބޫލުކުރުމުގެ ބަދަލުގައި އެކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށްފަހު ޤަބޫލުކުރުމެވެ. 

މިކަން މިގޮތަށް ނުކުރާނަމަ ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ގިނަވާނެއެވެ. ޚާއްޞަކޮށް ބައިވެރިޔާއާއިމެދު އެކުވެރިން ދައްކާ ނުރަނގަޅު ވާހަކަތައް ޤަބޫލުކުރަންވާނީ ވަރަށް ބޮޑަށް ޔަޤީންކުރުމަށްފަހުގައެވެ. 

ދޮގުބުނާކަން ޘާބިތުވެއްޖެ ނަމަ ނަޞޭޙަތްދޭށެވެ. އަދި އެހިސާބުން އެމީހަކަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރާށެވެ. އިޞްލާޙްނުކުރާނަމަ އެއީ ކޮންމެ މީހަކު ނަމަވެސް އެމީހަކާއި ދުރުހެލިވާށެވެ. އެފަދަ މީހުންނާއިއެކުގައި އުޅެވޭނަމަ ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުޞަތުވެސް އޮންނާނީ ނުލިބިފައެވެ. 

ކުރިން ބުނިފަދައިން ގިނަބައެއްގެ ދިރިއުޅުން ބިލާހަކަށްވެ ބޮޑެތި ގެއްލުންތައް ލިބެމުންދާ އެންމެ ބޮޑު އެއްސަބަބަކީ ދޮގަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ދޮގު ތެދުކަމަށް ޤަބޫލުކުރެވި ވިސްނަންޖެހޭ ވަރަށް ނުވިސްނައި ބޮޑެތި ގޯސްތައް ހެދޭތީއެވެ. ވީމާ ދޮގަކީ ތިމާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަމަށް އަބަދުވެސް ޤަބޫލުކޮށް ރައްކައުތެރިވާން މަސައްކަތްކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން