ނަބިއްޔާ، އުންމަތުގެ ވެރިޔާ، އުންމަތުގެ ބޮޑު ފަނޑިޔާރު ކަމުގަ ހުންނަވައިގެންވެސް އަނބިއަނބިކަނބަލުންނަށް ވަޤުތުދެއްވެވި!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ނަބިއްޔާ، އުންމަތުގެ ވެރިޔާ، އުންމަތުގެ ބޮޑު ފަނޑިޔާރު ކަމުގަ ހުންނަވައިގެންވެސް އަނބިއަނބިކަނބަލުންނަށް ވަޤުތުދެއްވެވި!: ޑރ. ޢަލީ ޒާހިރު

ވަރަށް ގިނަ ބޭފުޅުންގެ ޝަކުވާއަކަސްވެފައި މިއޮންނަނީ ވަގުތު ނުދޭ މައްސަލަ، ފިރިމީހާ ވަގުތު ނުދޭ މައްސަލަ. ދެން ގިނަ ފިރިން މިއުޅެނި ހަމަ ބޭރުގަ މަސެއްކަތް ކުރަން، އާމްދަނީ ހޯދުމުގެ ގޮތުން މިއުޅެނީ. އެހެންނަމަވެސް މިކަން އިނގޭ ހާލުގަވެސް މި ޝަކުވާ ހަމަ އާދޭ. ކީކޭތޯ ދަންނަވާނީ މިކަމަށް؟ 

އަޅުގަނޑު ދަންނަވާނީ ދިރިއުޅުމަކަށް ހަމައެކަނި އަނިބިމީހާއަށް ޚަރަދު ކުރުން ނުފުދެއޭ ހަމައެކަނި ޚަރަދު ކުރުމެއް. އޭނައަށް އެބަ ވަޤުތު ދޭންޖެހޭ، ހަމަ ލާޒިމް ކަމެއް އެއީ. އަނބިމީހާއަށް ވަޤުތު ދިނުމަކީ ލާޒިމް ކަމެއް. ދިރިއުޅުމުގެ ވަރަށް ގިނަ މައްސަލަތަކެއް ހައްލުވެގެން ދާކަމެއް އެއީ ދެމީހުން އެކުގައި ވަޤުތު ހޭދަކުރުން. 

ޝަރީޢަތުގެ ފުރިހަމަކަން، ޝަރީޢަތުގެ ފުރިހަމަ ކަމަކީ ބައްލަވާ، ޢިޝާ ނަމާދު ފަހުން ބޭކާރު ކޮށް ވާހަކަދައްކަން ތިބުން އެއީ މަކުރޫހާ ކަމެއްގެ ގޮތުގަ މި އޮންނަނީ. އެކަމަކު ދެމަފިރިން ވާހަކަ ދައްކަން ތިބުމަކީ މައްސަލައެއް ނޫންކަމުގަ. އެހެންމަ މާނައަކީ އެކަމަށް އެބަ އެންކަރޭޖް ކުރޭ، އެބަ ހިތްވަރު ދޭ ދެމީހުން ވާހަކަ ދައްކަން ދެމީހުން ވަގުތު ހޭދަކުރަން. 

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ވަޤުތު ދިނުމާއި އަޅާލުމާއި ލޯބިވުމާއި އަނބިމީހާއަށް ހެޔޮކޮށް ކަންތައް ކުރުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިރިއުޅުއްވުމުން އެ މިސާލު މީހަކު ދަސްކޮށްފިއްޔާ، އެނގިއްޖެއްޔާ އިތުރު އެހެން އެއްވެސް ދިމާއަކަށް ދާން، އެމީހާ މުޅި ދިރިއުޅުން ރީތިވެގެން ދާނެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޤުތު ދެއްވުމުގަ ހުރި މިންވަރަކީ، ބައެއް ޙާދިސާތައް އަޅުގަނޑު ކުޑަކޮށް ޢިޝާރާތް ކޮށްލާނަން. 

ޙަބަޝީންގެ ކުޅިވަރުތަކެއް މިސްކިތުގައި ހުނަރުވެރި ކަންތައްތަކެއް، އޭރުގަ ދެން ހަނގުރާމައަށް ފަރިތަކުރުމުގެ ކަހަލަން ކަންކަން އެޒަމާނުގަ ކޮށް އުޅެނީ. ޢައިޝަތުގެފާނު ވިދާޅުވަނީ ތިމަންނަ ހުރީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަހަތްޕުޅުގަ ހުރެގެން އެ މަންޒަރު ބަލާފައޭ ތިމަންނަ ހުރީ. ތިމަންނަކަހަލަ އުމުރުން ޅަ ކުއްޖަކު ކިހާ އެކަންކަމަށް ޝައުޤުވެރި ވާނެހޭ؟ މާނައަކީ އެކަންކަން ބަލާ ހިތުން، މީގަ ވިސްނާލަން ޖެހޭ ކަމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއޮށް ގިނަ އިރުވެގެން ދިޔަ އިރުވެސް، އެކަލޭގެފާނަކީ ނަބިއްޔާއޭ، އެކަލޭގެފާނަކީ މުސްލިމުންގެ ވެރިމީހާއޭ، އެކަލޭގެފާނަކީ މުސްލިމުންގެ ޣާޒީއޭ، އެކަލޭގެފާނަކީ އެތައް ބައިވަރު ޒިންމާތަކެއް އިސްތަށިފުޅުގައި އެޅިފަހުރި ބޭފުޅެކޭ. 

އެކަމަކު ވިދާޅެއް ނުވޭ ޢައިޝަތުގެފާނުގެ އަރިހުގައެއް، ޢައިސާ ދެން މިހާރު ވެއްޖެއެއް ނޫންހެ، ދާންހިނގާށޭ ދެން މިހާ ގިނައިރު ތިމަންނައަށް ހުރެވޭ ހެއްޔޭ. ނޫން، އެކަމަނާ ވިދާޅުވަނީ ތިމަންނާ ހިތްފުރެންދެން، ތިމަންނާ ދާންވެގެން ދާޏްވީމައޭ އެކަލޭގެފާނު ވަޑައިގަތީ. 

އެހެންމަ މާނައަކީ ވަޤުތު ދެއްވަން، އަޅުގަނޑުމެންނަށް މިސާލަކަށް ހަމަ ވަރަށް އަންހެން ބޭފުޅުން މައްސަލަ ޖައްސާ ކަމެއްގެގޮތުގަ މިސާލަކަށް ތިމަންނަމެންނާ އެއްކޮށް ތަނަކަށް ހިނގާބަލާށޭ އަދި އަމްދުން މިސާލަކަށް ޝޮޕިންގ ކުރުމާއި އެކަހަލަ ކަންކަން  ނުވަތަ ކޮންމެވެސް ތަނަކަށް ހިނގާބަލާށޭ ބުނީމަ ފިރިހެން ބޭފުޅުން ވަރަށް ބޮޑަށް ފޫހިވެގެން، ވަރަށް ބޮޑަށް އެކަމާ ނުރުހިގެން އެކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މި އުޅެވެނީ. އޭގެތެރޭގަ ހަމަ އަހަރެމެންނާ އެއްކޮށް ވަގުތު ހޭދަކުރަންވީމަ ވަޤުތު ނޯންނަނީ. އެކަމަކު ރައްޓެހި އެހެންމީހުންނާ އެކު ކޮފީގަ 2 ގަޑިއިރު 3،4  ގަޑިއިރު ވެގެން ދިޔަސް މީ އެއްވެސް މައްސަލައެއް ނޫން.

 

- ޑރ، ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މިއަދު އޮންލައިން