ބައިވެރިޔާ ތިބާ ވަރިކުރަން ބޭނުންވީމާވެސް އެކުގަ އުޅެން މަޖުބޫރުކުރުވައިފިނަމަ ގިނަފަހަރު ވަކިވާންޖެހޭނީ މާނިކަމެތި ޙާލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބައިވެރިޔާ ތިބާ ވަރިކުރަން ބޭނުންވީމާވެސް އެކުގަ އުޅެން މަޖުބޫރުކުރުވައިފިނަމަ ގިނަފަހަރު ވަކިވާންޖެހޭނީ މާނިކަމެތި ޙާލުގަ!

ޒަވާޖީހަޔާތެއް ފަށައި ރަނގަޅު ގޮތުގައި އުޅެމުންދަނިކޮށް ބައިވެރިޔާ ތިބާ ދޫކޮށްލައި އެހެން މީހަކާއި ގުޅެން ބޭނުންވިނަމަވެސް އެކަމަށް އެހައި ބޮޑަށް ކަންބޮޑުނުވާށެވެ. މަޝްވަރާކުރާށެވެ. ވިސްނައިދޭށެވެ. އެވަރުންވެސް ޢޭނާގެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާން ޢޭނާ ބޭނުންވާނަމަ އޭނާގެ ގޮތުގައި އޭނާ ކުރިއަށް ދިއަދޭށެވެ.  

ސަބަބަކީ އެކަމުގައި ނިންމާ ނިންމުން ބަދަލުކުރާނީ މަދުމީހެކެވެ. ފަހަރެއްގައި ނިންމުން ތަންފީޒުކުރުން ލަސްކޮށްލިނަމަވެސް ގިނަ ފަހަރު ފަހުން ނަމަވެސް އެކަން ތަންފީޒުކުރާނެއެވެ. އަދި އެރިރުން ލިބޭ ދެރަ މާބޮޑުވާނެއެވެ.  

މިޘާލަކަސް ބުނާނަމަ ބައިވެރިޔާ ވަކިވާން އުޅުނީ ދަރިއަކު ނުލިބެނީހެވެ. ނަމަވެސް ތިބާ އާދޭސްކުރުމުން މަޑުކޮށްލީއެވެ. އެއިގެ ފަހުން 4،5 އަހަރުވީއެވެ. ދަރިއަކު ނުވަތަ ދެދަރިން ލިބުނީއެވެ. އެހިސާބުން ތިބާ ދޫކޮށްލީއެވެ. ދެން ނިކަން ބުނެބަލާށެވެ! ދޫކޮށްލަން އުޅުނުއިރު ވަކިވިނަމަ މާރަނގަޅުވީސް ނޫންހެއްޔެވެ؟ ދެވަނަ ދިރިއުޅުމެއް ފަށަން މާފަސޭހަވާނެ ނޫންހެއްޔެވެ؟  

އެހެނެއް ނޫނެވެ! ކައިވެނި ރޫޅާލަން ނިންމި ނިންމުން އެއީ ނުބައި ނިންމުމެއްކަން އޭނާއަށް ވިސްނިގެން  އޭނާ އަމިއްލައަށް އެނިންމުން ބަދަލުކޮށްފިނަމަ މަރުޙަބާކިޔާށެވެ. ކޮންމެ މީހަކަށްވެސް ނުބައި ވިސްނުމެއް ވިސްނިދާނެއެވެ. 

އަދިވެސް އިތުރުކޮށްލާނަމެވެ. ބައިވެރިޔާ ލޯބިވެރިއަކު ހޯދީއެވެ. އެކަން އެނގުމުން އެކަން ހުއްޓާލައި އެނާ ދޫކޮށްލަން މަޖުބޫރުނުކުރުވާށެވެ. ނަމަވެސް އޭނާއަށް ވިސްނިގެން އަމިއްލައަށް ދޫކޮށްލައިފިނަމަ މަރުޙަބާކިޔާށެވެ! ދެވަނަ ފުރުޞަތުދޭށެވެ. އަންނަ ބަދަލަކީ މާއުފާވެރި ބަދަލަކަށްވެސް ވެދާނެއެވެ.

 

- ޢިލްމްވެރިއެއްގެ ނަޞޭޙަތުން   

މިއަދު އޮންލައިން