ކަނބަލުންނަށް އެންމެ ފައިދާހުރި ރީތިވުން!: މިއޮތީ ދުނިޔޭގަ އިތުރަށް ރީތިވާން ވަގުތާ ފައިސާ ޚަރަދުނުކޮށް ސުވަރުގޭގަ ޙޫރަލްއީނުންނަށް ރައްދު ދެވޭނެ ރީތި ކަނބަލަކަށްވެވޭނެ ފަސޭހަ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކަނބަލުންނަށް އެންމެ ފައިދާހުރި ރީތިވުން!: މިއޮތީ ދުނިޔޭގަ އިތުރަށް ރީތިވާން ވަގުތާ ފައިސާ ޚަރަދުނުކޮށް ސުވަރުގޭގަ  ޙޫރަލްއީނުންނަށް ރައްދު ދެވޭނެ ރީތި ކަނބަލަކަށްވެވޭނެ ފަސޭހަ މަގު!

އަންހެނުން އިތުރަށް ރީތިވާން ކުރާ ޚަރަދުކުރާ ވަރާއި ހޭދަކުރާ ވަޤުތު ފާހަގަކޮށް އެއީ ކުރަން ރަނގަޅު ކަންކަންތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ރީތި މީހަކަށްވުމަށް ބޭނުން ވެގެން މިއަދުގެ މީހުން ނުކުރާ ކަމެއް ނެތެވެ. ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށާއި ބުރުސޫރަ އާއި ގައިގެ ކުލަ ދޮންކުރަންވެގެން ނުކުރާ ކަމެއް ނެތެވެ. އަގުބޮޑުވެގެން ނުއުއުނގުޅާއެއްޗެއް އަދި ނުކުރާ ފަރުވާއެއްވެސް ނެތެވެ.

ކެއިން ބުއިމަށްކުރާ ހޭދައަށްވުރެ ބޮޑު ހޭދައެއް އެކަންކަމަށް ކުރާ މީހުން މަދެއް ނޫނެވެ. އަޅުކަންކުރާ ވަގުތު ދުރުގައި ބާއްވާފައި ދިރިއުޅެން ކުރާ މަސައްކަތް ކުރަން ހޭދަކުރާ ވަގުތަށްވުރެވެސް މިބުނި ކަންކަމަށް ގިނަ ވަގުތު ހޭދަކުރާ މީހުން ވެސް އެބަ އުޅެއެވެ! ކިތަންމެ ދެރަވެފައި ނަމަވެސް ހަޤީޤަތަށް ބުނަން ޖެހޭނީ ރީތިވުމަށް ބޭނުންކުރުން ޙަރާމްތަކެތި ބޭނުންތަކެތި ބޭނުންކޮށްގެން ރީތިވުމަށް މަސައްކަތްކުރާ މީހުންވެސް އެބަ އުޅޭކަމަށެވެ.

ގިނަ ބައަކު މިއަދު އެންމެ ހިތާމަކުރާ އެއްކަމަކީ އޭނާއަކީ ވަރަށް ރީތި މީހެއް ކަމަށް މީހަކު ނުބުނެފާނެ ކަމެވެ. ތިމާއަށް ބައިވެރިއަކު ލިބި އަދި ދަރިން ލިބިފައިވާ ޙާލުގައިވެސް މީހަކު އެފަދަ ބަހެއް ބުނެފާނެކަމަށް ކަންބޮޑުވާ މީހުން މަދެއް ނޫނެވެ! އަދި އެފަދަ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ! މިއީ ކަމުގެ ޙަޤީޤަތެވެ!

ރީތިވާން ތިއަކުރާ ބޮޑު ހޭދަ ޢާއި ހޭދަކުރާ ވަގުތުތަކުގެ ބަދަލުގައި އެންމެ ރީތި އަނހެނަކަށް ވެވޭނެ މަގުން ކުރިއަށްދާށެވެ! އެންމެ ރީތި އަންހެނަކަށް ވެވެން އޮތީ އެއިރުންނެވެ.

އެހެނީ ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ އެހައިމެ ރީތިކަންމަތީގައެވެ. ރީތިކަން އިތުރުކުރަން އެދޭ މީހާއަށް އޮތީ އަޅުކަންކުރުން ގިނަކުރުމެވެ! އެމީހެއްގެ ތަްްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރިވަރަކަށް ސުވަރުގޭގައި އެމީހެއްގެ ރީތިކަން އިތުވެގެންދާނެއެވެ!

ވީމާ ރީތިވުމަށް ތިއަކުރާ ބޮޑު ހޭދަކުރުން ހުއްޓާލައި ޞަދަޤާތްކުރުން ގިނަކުރާށެވެ! ރީތިވުމަށް ތިއަ ހޭދަކުރާ ވަގުތުތަކުގެ ބަދަލުގައި އަޅުކަންކުރަން ވަގުތުގެ ބޭނުންހިފާށެވެ!

މީސްތަކުން ސުވަރުގެ ވައްދަވައި ނިމުމުން ސުވަރުގޭގެ ޙޫރަލްޢީނުން އެކަނބަލުންގެ ރީތިކަމާއި ފުރިހަމަކަމަށް ފަޚުރުވެރިވެ ސުވަރުގެ ވެއްދުވުނު ދުނިޔޭގެ އަންހެނުންނަށް ބަސްތައް އިއްވާނެތެވެ!

ދުނިޔޭގެ އަންހެނުން އެބަސްތަކަށް ފުރިހަމައަށް ރައްދުދޭނެތެވެ! އެކަނބަލުން ގަދައަޑުން ބުނާނެތެވެ! "އަހަރެމެން ﷲ އަށް އަޅުކަންކުރީމެވެ. ރޯދަހިފީމުއެވެ. ވުޟޫކޮށް ޠޯހިރުވީމުއެވެ. ތިއަ ކަނބަލުން އެއިން އެއްވެސް ކަމެއް ނުކުރެއެވެ."

ނިންމާލަމުން އެއްވާހަކަ ބުނެލާނަމެވެ! ދުނިޔޭގައި އަގުބޮޑުހައި ފޭރާން ހޯދުމަށް ތިއަކުރާ ހޭދަވެސް މަދުކުރާށެވެ! އަގު ބޮޑުހައި ގަހަނާތައް ގަތުމުގެ އެއްވެސް ބޭނުމެއް ނެތެވެ! އެކަމަށް ދުނިޔޭގައި ފައިސާ ހޭދަކުރުމުގެ ބަދަލުގައި އާޚިރަތަށް އިންވެސްޓްކުރާށެވެ! އެހެނީ ތިއަކަނބަލުން ދުނިޔޭގައި މުޅި އުމުރުގައި ލާ އެންމެ އަގު ބޮޑު ހުރިހާ ފޭރަމަކާއި އަޅާ އަގުބޮޑު ގަހަނާތަކަށްވުރެ ސުވަރުގެއިން ލިބޭ އެންމެ ފޭރާމެއްގެ އަދި ސުވަރުގެއިން ލިބޭ އެންމެ ގަހަނާއެއްގެ އަގާއި ރީތިކަން މާ ބޮޑުވާނެއެވެ!

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން