ކަނބަލުން ހިތްވަރުކޮށްލާށެވެ! ސުވަރުގެ އެދިގެން ހަމައެކަނި މިޙަދީޘަށް ޢަމަލުކުރިޔަސް ކާމިޔާބުވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކަނބަލުން ހިތްވަރުކޮށްލާށެވެ! ސުވަރުގެ އެދިގެން ހަމައެކަނި މިޙަދީޘަށް ޢަމަލުކުރިޔަސް ކާމިޔާބުވާނެތެވެ! އިން ޝާ ﷲ

ނަރަކައިގައި ގިނަވާނީ އަންހެނުން ކަމަށް ޙަދީޘްފުޅުގައި އޮތުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. ނަމަވެސް އެއީ އެއްވެސް އަންހެނަކު ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެހެނީ އޭނާއަކީ އަންހެނަކަށްވީތީ ހަމައެންމެ އަންހެނަކުވެސް ނަރަކައަކަށް ނުވައްދަވާނެތެވެ. މާނައަކީ އަންހެނަކު ކަމުގައި ވުމަކީ ނަރަކައަސް ވައްދަވާނެ ސަބަބެއް ނޫނެވެ.

އަންހެނުންވެސް ނަރަކައަށް ވައްދަވާނީ ހަމަ ފިރިހެނުންވެސް ފަދައިން ނަރަކައަށް ވަނުން ޙައްޤުވުމުންނެވެ. ނަރަކައަށް ވަނުން ޙައްޤުވާނީ ދުނިޔޭގައި އުޅެން ދެއްވެވި ފުރުޞަތުގައި ސުވަރުގެ ޙާޞިލުކުރަން މަސައްކަތް ނުކުރިނަމައެވެ. ﷲ ތަޢާލާއަށް އުރެދި ޝައިޠޯނާގެ މަގުގައި އުޅުނު ނަމައެވެ.

އަދިކީއްހެއްޔެވެ؟ ނަރަކައިގައި ގިނަވާނީ އަންހެނުން ނަމަވެސް ސުވަރުގެ ޙާޞިލުކުރުމަކީ އަންހެނުންނަށް ކުރަން ވަރަށް ފަސޭހަކަމެކެވެ. ނުވަތަ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

އެހެނީ ޞަޙީޙް ޙަދީޘްފުޅުގައިވަނީ "އަންހެނަކު ފަރުޟު ނަމާދުކޮށް، ރޯދަ ހިފައި، އޭނާގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށް ފިރިމީހާއަށް ކިޔަމަންތެރިވެއްޖެނަމަ އެ އަންހެނަކަށް ބުނެވޭނެތެވެ! ކަނބުލޭގެ ބޭނުން ދޮރަކުން ސުވަރުގެވަންނާށެވެ!" ބުނެވޭނެ ކަމަށެވެ.

Al-Tirmidhi Hadith 3254 Narrated by Anas ibn Malik

Allah's Messenger (saws) said,

"When a woman observes the five times of prayer, fasts during Ramadan, preserves her chastity and obeys her husband, she may enter by any of the gates of Paradise she wishes."

މި ޙަދީޘްފުޅަށް ބަލައިފި ނަމަ ނަމާދުކުރުމާއި ރޯދަ ހިފުމަކީ ކޮންމެ މުސްލިމަކުވެސް ކުރަމުން ގެންދާނެ ކަންކަމެވެ. ދެން މިއަންނަނީ އެކަނބަލުންގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގެ ވާހަކައެވެ. އެކަމަކީވެސް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެކެވެ. ދެން މިއޮތީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ! ﷲތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީ އެއީ ކޮންމެ އަންތބަކުވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ވީމާ މި ޙަދީޘްފުޅުން އެނގިގެން މިދަނީ ސުވަރުގެ ޙާޞިލުކުރުމަކީ އަނހެނުންނަށް ކުރަން ވަރަށް ފަސޭހަކަމެއް ކަމެވެ! ސުވަރުގެ ޙާޞިލުކުރަން އެދޭ އަނހެނާ، ހަމައެކަނި މިޙަދީޘްފުޅަށް ޢަމަލުކުރުމުގައި ސާބިތުވި ނަމަވެސް އެ އަންހެނަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

މިދުނިޔޭގައި އެއްވެސް މީހަކާއި ކައިވެނި ނުކުރި ނަމަވެސް ސުވަރުގޭގައި އެއްވެސް މީހަކު އެކަނިވެރިއެއްގެ ގޮތުގައެއް ނުހުންނާނެއެވެ. ކޮންމެ މީހަކަށްވެސް ބައިވެރިން ދެއްވަވާނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން