ތިރީގައި އެވަނީ ކޮންމެ މީހަކު ނަމަވެސް އެމީހެއްގެ ދިރިއުޅުން ބަދަލުކޮށްލަން ބޭނުންވާނަމަ ކުރަން އޮތް 7 ކަމެއް ކަމަށް ތަޖުރިބާކާރަކު ހާމަކުރައްވާފައިވާ ކަންކަމެވެ.
1 އުފާވެރިކަން އިޚްތިޔާރުކުރުން:
އުފާވެރިކަމަކީ ހަމަ ހުރެފަ ހިނގާ ކަންކަމެއް ނޫން. އެއީ އިޚްތިޔާރެއް.
2 ޢަމަލީގޮތުން ޝުކުރުވެރިވުމާޢި ބަލައިގަތުން:
ކޮންމެ ދުވަހަކަވެސް ތިބާ ޝުކުރުވެރިވާ ކަންތައްތަކާ މެދު ވިސްނުމުން ތިބާގެ އަތުގައި ނެތް އެއްޗެހިން ތިބާގެ އަތުގައި ހުރި އެއްޗިއްސަށް ތިބާގެ އަމާޒު ސީދާ ކުރެވޭ
3 އަމިއްލަ ނަފްސުގެ ކުރިއެރުމަށް މަސެއްކަތް ކުރުން.:
އެއީ އާ ހުނަރެއް ދަސްކުރުންކަމުގައި ވިޔަސް ނުވަތަ އަމިއްލަ ކުރިއެރުމަށް އާ ލަނޑުދަނޑިއެއް ކަނޑައެޅުން ކަމުގައިވިޔަސް މެއެވެ. މީ ތިބާގެ މުސްތަޤްބަލް ބައްޓަން ކުރެވޭނެ ނިންމުމެއް.
4 ހިނގަމުންދާ ވަގުތުގައި ދިރިއުޅުން.:
ހިނގަމުންދާ ވަގުތުގައި ދިރިއުޅުމަށް އިޚްތިޔާރު ކުރުމުގެ ސަބަބުން ދިރިއުޅުން އެ ހިނގާ ގޮތަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ.
5 ގުޅުންތައް ބަދަހި ކުރުން:
ބަދަހި ގުޅުންތަކުގެ ސަބަބުން އުފާވެރި ކަމާއި، ނަފްސާނީގޮތުން ހިތްވަރު ލިބޭ، އަދި ތިބާ ނިސްބަތްވާ ކަމުގެ އިހްސާސްކުރެވޭ.
6 ކުދިކުދި ކަންކަން ބަލައިގަތުން.:
ކުދިކުދިން ކަންކަންވެސް ބަލައިގަތުމަށް ނިންމުމުން ތިބާގެ ދިރިއުޅުން މުއްސަނދިވެ ދިރިއުޅުމުގެ މަޤްޞަދު އިތުރަށް ފުޅާވެގެންދޭ.
7 އަމިއްލަ ނަފްސަށް ސަމާލުކަން ދިނުން.:
ކޮންމެ ކަމެއްގައިވެސް އަމިއްލަ ނަފްސަށް ސަމާލުކަންދިނުމަކީ ފުރަތަމަ ކުރަންޖެހޭނެ ކަންތައް. ނަފްސަށް ގެއްލުންވާނެ ކަންކަން ކުރުމެއް ނެތް!
މިއީ ފައިޑާހުރި ކަންކަމަށްވާތީ ހާމަކޮށްލީއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުން އުފާވެރިކޮށް އަދި ބާއްޖަވެރިކުރުވަން ބޭނުންވާނެ މީހެކެވެ. ތަޖުރިބާކާރުންގެ ބަސްތަކަށް ވިސްނައި ޢަމަލުކުރުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ