ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށާ އާޚިރަތް ކާމިޔާބުކުރަންވެސް ހުކުރު ދުވަހު ވަރަށް އަގުހުރި ފުރުޞަތެއް ވެއެވެ! އެވަޤުތުކޮޅުގެ ބޭނުންހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 41ސ
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށާ އާޚިރަތް ކާމިޔާބުކުރަންވެސް ހުކުރު ދުވަހު ވަރަށް އަގުހުރި ފުރުޞަތެއް ވެއެވެ! އެވަޤުތުކޮޅުގެ ބޭނުންހިފާށެވެ!

ހުކުރު ދުވަހުގައިވާ އެންމެ މާތް ވަޤުތުކޮޅަކީ އެވަޤުތުގައި ދުޢާކޮށްފިނަމަ އެދުޢާ ވަޤުތުން ޢިޖާބަކުރައްވާ ވަޤުތުކޮޅެވެ. ޔަޤީން ނުވަނީ އެއީ ކޮން ވަޤުތުކޮޅެއް ކަމެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި އެވަޤުތުކޮޅު ވަނީ ޢަޞްރުނަމާދާއި މަޣްރިމްނަމާދާއި ދެމެދުގައެވެ.  

ހުކުރު ދުވަހަކީ ލިބޭ ޗުއްޓީދުވަސްކަމުން ގިނަ ބައަކު އަވަދިނެތި އުޅެނީ އެކި ކަންކަން ކުރުމުގައެވެ. އެއްބައަކު ގޭތެރޭގެ މަސައްކަތުގައެވެ. އަނެއް ބައަކު ޢާއިލާ އާއިއެކު ކޮންމެވެސް ތަނަކަށް ދިއުމުގައެވެ. އަނެއް ބައަކު ރައްޓެހިންނާއިއެކު ވަޤުތު ބޭކާރުކުރުމުގައެވެ. އަނެއްބައަކު ކުޅިވަރާއި މުނިފޫހިފިލުވުމުގައެވެ.  

ވަރަށްމަދު މީހަކު ނޫނީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތާއި ދިމާކޮށް ދުޢާކުރެވޭތޯ މަސައްކަތެއް ނުކުރެއެވެ. ބޮޑެތި ތަކުލީފްތައް އުފުލަންޖެހިފައިވާއިރުވެސް އެވަޤުތުގައި ދުޢާކުރެވިއްޖެނަމަ ހިންމްވައިދެއްވަވާނެކަން ޔަޤީންވާއިރުގައިވެސް ދުޢާކުރަން ކަންނެތްވާން ހެޔޮވެދާނެހެއްޔެވެ؟  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަ ކުރައްވަވާ ވަޤުތުކޮޅުގައި ދުޢާކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. މަސައްކަތެއްގައި ނުވަތަ ޢާއިލާއާއިއެކު ބޭރުގައި އުޅެމުންވެސް ދުޢާކުރެވޭނެއެވެ. ވީމާ ކޮންމެ ތަނެއްގައި ހުރިނަމަވެސް ދުޢާކުރަމުން ގެންދާށެވެ.  

Abu Hurairah reported that the Messenger of Allah (peace and blessings be upon him) mentioned Friday and said,

“On this day there is an hour when no Muslim slave stands and prays and asks Allah for something, but Allah will give it to him,” 

(Ibn Majah) and he gestured with his hand to indicate that whatever he asks for, is as nothing to Allah. 

ކޮންމެއަކަސް ހުކުރު ދުވަހުގެ ޢަޞްރުނަމާދަށްފަހު ވަރަށް މާތް ވަޤުތުކޮޅެއްވާކަން ޢިލްމްވެރިން ބަޔާންކުރައްވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ.  

މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވީ ހުކުރު ދުވަހެއްގައެވެ. އެދުވަހުގެ ޢަޞްރުގެފަހުންނެވެ. އެދުވަހުގެ އެންމެފަހު ވަގުތުގައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވުއެވެ. ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި ޙަދީޘް ކުރެއްވިއެވެ. 

" خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ "{ صحيح مسلم/ باب ابْتِدَاءِ الْخَلْقِ وَخَلْقِ آدَمَ عَلَيْهِ السَّلاَمُ / ޙަދީޘް ނަންބަރު 2789} 

މާނައީ: "މާތްالله سبحانه وتعالى، ބިން ޚަލްޤުކުރެއްވީ ހޮނިހިރު ދުވަހުގައެވެ. އެބިމުގައި ފަރުބަދަތައް ޚަލްޤުކުރެއްވީ އާދީއްތަ ދުވަހުގައެވެ. ގަސްގަހާގެހި ޚަލްޤުކުރެއްވީ ހޯމަ ދުވަހުގައެވެ. އަދި މަކުރޫހަ (އެބަހީ: ގެއްލުންދެނިވި ނުބައި ހުރިހާ އެއްޗެއް) ޚަލްޤުކުރެއްވީ އަންގާރަ ދުވަހުގައެވެ. އަދި އަލިކަން ޚަލްޤުކުރެއްވީ ބުދަ ދުވަހުގައެވެ. އަދި އެ ބިމުގައި ޖަނަވާރުތައް ޚަލްޤުކުރެއްވީ ބުރާސްފަތި ދުވަހުގައެވެ. އަދި ހުކުރު ދުވަހުގެ ޢަޞްރުފަހުން آدم عليه السّلام ޚަލްޤުކުރެވުނެވެ. އެއީ ޢަޞްރު ވަގުތާއި އިރުއޮއްސުމާ ދެމެދުގައިވާ ދުވާލުގެ އެންމެ ފަހުގެ ވަގުތެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން