ޤަމަރު ސޫރަތުގައިވާ ބައެއް ވާހަކަ- 2: ނޫޙުގެފާނުގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 7މ 5ސ
ޤަމަރު ސޫރަތުގައިވާ ބައެއް ވާހަކަ- 2: ނޫޙުގެފާނުގެ ވާހަކަ

ޢާއިޝަތު ރަފާޙް ޢަލީ

 

ޤަމަރު ސޫރަތުގައި ޤިޔާމަތުގެ ވާހަކަ އަށް ފަހު ދެން ބަޔާން ކުރައްވަނީ ނޫހް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ ވާހަކައެވެ. އެވާހަކަ ޤަމަރު ސޫރަތުގެ 9 ވަނަ އާޔަތުން 17 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ ﴿٩﴾‏ فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ ﴿١٠﴾‏ فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ﴿١١﴾‏ وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ﴿١٢﴾‏ وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ﴿١٣﴾‏ تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ﴿١٤﴾‏ وَلَقَد تَّرَكْنَٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ ﴿١٥﴾‏ فَكَيْفَ كَانَ عَذَابِى وَنُذُرِ ﴿١٦﴾‏ وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿١٧﴾‏

މާނައީ: "އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ. (9) ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ! (10) ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. (11) އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. (12) އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. (13) ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ. (14) އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ (15) ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ (16) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ (17)"

އެކަލާނގެ ރަސޫލާއަށް ދޮގުކުޅަ މީހުންގެ ޙާލަތު އެކަލާނގެ ބަޔާންކުރެއްވިއެވެ. އަދި ނޫޙްގެފާނުގެ ބަސްފުޅުން އެއުރެން އަޑެއް ނޭހިއެވެ. އަދި އެއުރެންނަށް إنذار ކޮށް، އިސްވެދިޔަ أمّة ތަކުގެ عذاب ތަކާއި، اللَّه، އެއުރެން ހަލާކުކުރައްވައި، އެކަލާނގެ عذاب އެއުރެންނަށް ދެއްވި ގޮތާމެދު އެއުރެންނަށް إنذار ކުރެއްވުމަކީ، އެއުރެންނަކަށް އެއްވެސް ކަމެއް ނުވާނެތެވެ. ނޫޙްގެފާނު އެއުރެންނަށް ގޮވައިލެއްވީ، اللَّه އެއްބައިވަންތަކުރުމަށާއި، އެކަލާނގެއަށް شريك ކުރުމެއް ނެތި، އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ފަހެ، އެއުރެން ޝިރުކު ދޫކޮށްނުލިއެވެ. އަދި އެމީހުން ނޫޙުގެފާނަށް ބުންޏެވެ.  

ނޫޙް ސޫރަތުގެ 23 ވަނަ އާޔަތުގައި ﷲ ތަޢާލާ އެވާހަކަ ބަޔާން ކުރެއްވިއެވެ.  

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا ﴿٢٣﴾‏

މާނައީ: "އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! (23)" 

ހަމަކަށަވަރުން، نوح ގެފާނު އެއުރެންނަށް ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ. އަދި އެކަމުގެ ސަބަބުން، އެއުރެންގެ ހަރުކަށިކަމާއި، އަނިޔާވެރިކަމާއި،ފުރައްސާރަކުރުން އިތުރުވެގެންދިޔައެވެ.  

ހަމަކަށަވަރުން، އެއުރެންނާއި، އެއުރެންގެ ކާބަފައިންނަކީ، ޝިރުކާއި، މަގުފުރެދިފައިވާ ބަޔެއްކަމަށް އެއުރެން ބުނަމުން ގެންދިޔައެވެ. އަދި نوح ގެފާނުގެ ދަޢްވަތަކީ ޖާހިލުކަމާއި، އޮޅުވާލުމެއްކަމުގައި އެއުރެން ބުންޏެވެ. ނޫހްގެފާނުގެ ދަރިކަލުންވެސް އެމީހުނމްގެ ތެރޭގައިވިއެވެ.  

އަދި އެއުރެން ބުނީ ނޫޙްގެފާނަކީ މޮޔައެއް ކަމަށެވެ. 

ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ނޫހްގެފާން އެއުރެންނަށް ގޮވައިލެއްވިހިނދު، އެކަލޭގެފާނުގެ قوم ގެމީހުން އެކަލޭގެފާނަށް إيمان އެއް ނުވެތެވެ. މަދު މީސްކޮޅެއް ފިޔަވައެވެ. އަދި އެމީހުން ރައްކާތެރ ކުރެއްވުމަށް ﷲ ތަޢާލާ ނޫޙްގެފާނަށް ނަވެއް ބެންނެވުމަށް އެންގެވިއެވެ.  

އެއަށްފަހު نوح ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވި މީހުން، އެކަލާނގެ އެއުރެން ގެނބިގެން ދިއުމުން ރައްކާތެރިކުރެއްވުމަށެވެ.

މިއަދު އޮންލައިން