އަންހެނަކު މިސްކިތުގެ ޖަމާޢަތަށްދާން ބޭނުންވެއްޖެނަމަ އެކަން ނުހުއްޓުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އަންހެނަކު މިސްކިތުގެ ޖަމާޢަތަށްދާން ބޭނުންވެއްޖެނަމަ އެކަން ނުހުއްޓުވާށެވެ!

ބަންގީގެ އަޑުއިވުމުން ފިރިހެނުންނަށް ވާޖިބުވެގެންވަނީ ޖަމާޢަތުގައި ނަމާދުކުރަން މިސްކިތަށް ދިއުމެވެ. ނުދިއުމަކީ އޭނާ ކުރާ ކުށެކެވެ. ޝަރުޢީ ޢުޛުރެއް ނެތްނަމަ ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށް ދިއުމެވެ. މިއީ ޙަދީޘްފުޅުތަކުން ޘާބިތުވާ ކަމެކެވެ.  

އަދި ކީއްހެއްޔެވެ؟ އެކަހެރިކޮށް ފިރިހެނުން ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބު 27 ގުނައަށް އިތުރުވެގެންދެއެވެ.  

ފިރިހެނަކު ގޭގައި ނަމާދުކުރިނަމަވެސް ނަމާދުކުރިކަމަށްވާނެއެވެ. އެނަމާދު ޞައްޙަ ނުވާނެކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އޭނާ އެކުރަނީ ކުށެކެވެ.  

އަންހެނުންނަށް އިތުރުކަން ބޮޑީ ގޭގައި ނަމާދުކުރުމެވެ. ނަމަވެސް މިސްކިތަށް ދާން ބޭނުންވެއްޖެ ނަމަ ޙަދީޘްފުޅުގައި އޮތީ އެކަނބަލުން ނުހިފެހެއްޓުމަށެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

- ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން