އެކުގައި އުޅޭނަމަ ލޯބިވެރިޔާވެސް ބައިވެރިޔާވެސް ބުނާނީ ލޯބިވާކަމަށެވެ. ވަރަށް ބޮޑަށް ލޯބިވާކަމަށްވެސް ބުނާނެއެވެ. އެހެންވެ ބުނެމިދެނީ ލޯބިވާކަމަށް އެބުނަނީ ހަމަ ޙަޤީޤަތުގައިވެސް ލޯބިވާތީކަން ދެނެގަތުމަށް ބަލައިލެވިދާނެ 9 ކަމެކެވެ.
1. އެމީހުން އަބަދުވެސް ތިބާއަށް ގުޅާ މެސެޖްކޮށް އަދި ދެކިލަން ބޭނުންވާނެ.
2. އެމީހުން ހެނދުނު ތެދުވުމާއެކު އެންމެ ފުރަތަމަ ހަނދާނަށް އަންނަ މީހަކީ ތިބާ ކަމުގައި ވާނެ.
3. އެމީހުން އަބަދުވެސް އަހާނެ ކޮންތާކަށްތޯ ދަނީ؟ ކާކާއެކުތޯ ދަނީ؟ ތިބާ ކޮންޓްރޯލް ކުރާކަށް ނޫން. އެހެނަސް އެމީހުން ތިބާއަށް އަޅާލާތީ.
4. އެމީހުން ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ތިބާއަށްޓަކާ އެމީހުން ވަގުތު ހުސްކުރާނެ.
5. ހާއްސަ ހަފްލާއެއް ނެތް ނަމަވެސް ހަމައެކަނި ތިބާގެ ހިނިތުންވުން ދެކިލުމަށްޓަކާ، ކުދިކުދި ހަދިޔާތަކުން ތިބާ ސަޕްރައިޒް ކޮށްދޭނެ.
6. ތިބާގެ ކުދިކުދި ކަންކަމަށްވެސް އެމީހުން ފަރުވާތެރިވާނެ. މިސާލަކަށް ތިބާ އެންމެ ކާހިތްވާ އެއްޗެއް ނުވަތަ ތިބާ އަށް ކޮފީ ކަމުދާގޮތް ފަދަ ކަންކަން.
7. ތިބާގެ ހުވަފެނަށް އެމީހުން ހިތްވަރު ދޭނެ އަދި ތިބާގެ އެންމެ ފުރިހަމަ ގޮތުގައި އެކަމެއް ކުރުމަށް މަސެއްކަތް ކޮށްދޭނެ.
8. ތިބާ ދެރަވާހިނދު، ތިބާ ހިތްހަމަ ޖައްސައިދިނުމަށް، އެމީހުންނަށް ކުރެވުނު ހުރިހާކަމެއް ކުރާނެ. ނޫނީ ތިބާގެ ވާހަކަ އަޑުއަހާލުމަށް ތިބާއާއެކު ވާނެ.
9. އެމީޙުން ފަޚުރުވެރިކަމާއެކު ތިބާއަށް ތަޢުރީފުކުރާނެ އަދި އެމީހުން އަޅާލާ މީހުންނަށް އެމީހުން ތިބާ ތަޢާރަފް ކޮށްދޭނެ.
ކޮންމެ މީހެއްގެ ކިބައިން މި ހުރިހާ ކަންކަން ނުފެދިދާނެއެވެ. ނަމަވެސް ޙަޤީޤީ ލޯބިވާނަމަ މީގެތެރެއިން ގިނަ ކަންތައްތަކެއް ފެންނާނެއެވެ. ރަނގަޅަށް ބަލައި މިނެކިރައިލާށެވެ! އަދި ލޯބިވެރިޔާއަށާއި ބައިވެރިޔާއަށް ޝެއާކޮށްލާށެވެ! މިކަންކަން އެނގުމަކީވެސް ޢަމަލުކުރަން ވިސްނައިގަނެވޭނެ ސަބަބަކަށްވެދާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރެއް