ޤާނޫނުތައް އިޞްލާޙްކުރަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ އެއްކަމަކީ އިސްލާމީ ޝަރީޢާ ޢާއި ޚިލާފަށް ހަދާފައިވާ ޤާނޫނުތައް އިޞްލާޙުކުރުމެވެ.
ސަބަބު ޙަދީޘްފުޅުންނާއި ކީރިތި ޤުރްއާނުން ވަރަށް ސާފެވެ!
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (مَن دعا بدعوى الجاهلية فإنه من جثى جهنم)
މާނައީ: "ޖާހިލިއްޔަތުގެ ގޮވާލުމަކަށް ގޮވާލާ މީހާ ދަންނާށެވެ! އޭނާ ވާހުށީ ޖަހަންނަމައިގައި ކުޑަކަކޫ ޖެހިގެންވާ މީހުންގެ ތެރެއިންނެވެ." އެހިނދު މީހަކު ދެންނެވިއެވެ: އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް މެއެވެ.."
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ!
ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
" ދެން ތިމަންރަސްކަލާނގެ ތަޤްވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ހާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ." (މަރްޔަމް: 72)
ހަމައެ ޚުޠުބާއިން:
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޢުންޞުރީ ތަފާތުކުރުމުގެ ނުބައި ޖާހިލީ ޢާދަ އެންމެ ފުރަތަމަ ތަޢާރަފު ކުރީ އިބްލީހެވެ. އެއީ އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ޖެހުމަށް ﷲ އޭނާއަށް ޢަމުރުކުރެއްވި ހިނދެވެ. އިބްލީސް އެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ގޮތުން ގެނައި ޙުއްޖަތަކީ އުފެދުމުގެ އަޞްލަށް ބަލައި، އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ޙުއްޖަތެވެ.
އެހެނީ އެފަދަ ކަންކަން ކުރާ މީހުން އެކުރަނީ ޖާހިލުކަމުގެ އަމަލެކެވެ. އެމީހުން އެ ފަތުރަނީ ޖާހިލިޔަތެވެ.
ދެން އެއަށްފަހު އެކި ޒަމާންތަކުގައި މި ޖާހިލިއްޔަތުގެ އަނދިރިކަން ފެތުރި އެންމެ ބޮޑަށް އެބައެއްގެ ތެރޭގައި މިކަން ވަކިހިއްޕާލާފައި އޮތް އެއްބައަކީ ކީރިތި ރަސޫލާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ވަޑައިގެން އެ ޖާހިލިއްޔަތު ފޮހެލެއްވިއެވެ. އަދި ޖާހިލީ ޞިފަތަކުގެ މުޑުދާރުކަން ބަޔާންކޮށްދެއްވައި، އެފަދަ ކަންކަމަށް ގޮވާލާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ބޮޑުކަން ބަޔާންކޮށްދެއްވިއެވެ.
(26 ޖޫން 2020 ވަނަ ދުވަހުގެ ޚުޠުބާ ބައްލަވާށެވެ!)
ކީރިތި ޤުރްއާނުގައި ﷲ ތައާލާ ބަޔާންކުރައްވަވާފައިވާ ޙުކުމްފުޅުތައް ނޫން ނޫން ޙުކުމްތައް ބަޔާންކޮށް ޤާނޫނުތައް ހަދައި އެ ޤާނޫނުތައް ތަންފީޒުކުރަން ޖައްސުވާ މީހުންނަކީ ޢުންޞުރީ ތަފާތުކުރުމުގެ ނުބައި ޖާހިލީ ޢަމަލުކުރާ މީހުންނެވެ! އެމީހުން ފައުޅުގައި އިންކާރު އެކުރަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށެވެ.
އެމީހުންނަކީ ނަރަކައިގެ އެންމެ އަޑީގައި ތިބެން ޖެހޭނެ ބައެއްކަން މިޚުޠުބާއިން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ.