ހިނދުކޮޅެއްގެ މަސައްކަތުންވެސް ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެ މަގު ފެންނަން މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހިނދުކޮޅެއްގެ މަސައްކަތުންވެސް ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެ މަގު ފެންނަން މިއޮތީއެވެ!

އަބަދުވެސް ހަނދުމަކޮށްދެވޭ އެއްކަމަކީ ތިމާއަށް ކުރެވޭ ކުދިކުދި ފާފަތައް ގިނަވުމަކީ އެންމެ ގެއްލުންހުރި އެއްކަންތައްކަމެވެ. ކުޑަނަމަވެސް ބޮޑު ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެނުގަތުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެނގިތިބެގެންނާއި ނުއެނތިބެ ވެސް ފާފަތައް ކުރެވޭނެއެވެ. ފާފަތައް ފުއްސަވައި ދެއްވަވާނެ ހެޔޮ ޢަމަލުތައްކޮށް ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން މަސައްކަތްކުރަންވާނެއެވެ. އެގޮތުން މި ބުނެދެނީ ކުރެވިދާނެ އެއް ކަމެކެވެ. 

ޢަބްދުﷲ އިބްން ޢަމްރު ބުނުލްޢާޞް (ރޢ) ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ 

"މީހަކު لا اله الا اللهُ و اللهُ اكبر ولا حول َ و لا قوةَ إلا باللهِ  މިފަދައިން ކިޔައިފިނަމަ އެމީހެއްގެ ފާފަތައް ކަނޑުގެ ފޮނުތައް ހައި ގިނަ ނަމަވެސް ފުއްސަވައި ދެއްވަވާނެތެވެ." 

لا اله الا اللهُ و اللهُ اكبر ولا حول َ و لا قوةَ إلا باللهِ   

(މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑު އެންމެ މަތިވެގެންވަނީ ﷲ އެވެ. ﷲ ގެ ހަޟްރަތަށް މެނުވީ އެއްވެސް އާރެއް ބާރެއް ނުވެއެވެ.) 

ކިޔައިލަން ނަގާނީ ކިހައި އިރެއް ހެއްޔެވެ؟ އެންމެ 7 ސިކުންތެއްހައި އިރުކޮޅެކެވެ. މިފަދަ ޛިކުރްތައް ކިޔުން ގިނަކުރާށެވެ! ކުރެވޭ ފާފަތައް ފުހެލަން މަސައްކަތްކުރާށެވެ! 

(ޙަދީޘްފުޅުގައި ވަނީ މި ޛިކްރުގައި ހިމެނޭ لا حول َ و لا قوةَ إلا باللهِ  އަކީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ތަންޒެއް ކަމަށެވެ!) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ދަރުސް:

 

 

މިއަދު އޮންލައިން