ދަރިން ގޯސްވަމުން މިދަނީ ތަޢުލީމު ދިނަސް ރަނގަޅު ގޮތުގަ ތަރުބިއްޔަތު ނުކުރެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ދަރިން ގޯސްވަމުން މިދަނީ ތަޢުލީމު ދިނަސް ރަނގަޅު ގޮތުގަ ތަރުބިއްޔަތު ނުކުރެވޭތީ!

މައިންބަފައިންގެ އެންމެ ބޮޑު ޝަކުވާއަކަސްވެފައި އޮތް ކަމަކީ ދަރިން ގޯސް މަގުތަކުން ދާކަމެވެ. ބުނަނީ ކިޔަވައިދޭން މިހައި ބުރަ އުފުލި ކަމަށާއި މިހައި ބޮޑެތި ޚަރަދުތައްވެސް ކުރި ކަމަށެވެ. އެއީ ހަމަތެދެކެވެ. އެކަންކަން ކުރިއެވެ. ނަމަވެސް ސުވާލަކީ ދަރިން ަތރުބިއްޔަތުކުރެވުނު ހެއްޔެވެ؟ ތަރުބިއްޔަތުކުރީ އިސްލާމް ދީނުގައި އޮތް މަގުން ހެއްޔެވެ؟ 

ތިރީގައިވާ ލިޔުމަކީ މިފަދަ ޗަކުވާތައް ކުރާ މައިންބަފައިންނަށް ވަރަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ދުނިޔޭގައި މިހާރު ފަތުރައި އެންމެ ވަރުގަދައަށް "ޕްރޮމޯޓް"ކުރަމުންދާ "އެލްޖީބީޓީކިއު+" ފިކުރާއި އިލްޙާދީ އެކިއެކި ފިކުރާއި ސެކިއުލާރ ލިބަރަލް ޤަބޫލުކުރުންތައް އެންމެ ވަރުގަދައަށް ފަތުރާ ވަސީލަތްތަކަކީ މި ދެންނެވި ފިލްމުތައް ކަމާ މެދަކު ވެސް އިންކާރު ކުރެނޭ ޖާގައެއް ނެތެވެ. މި ދެންނެވި ފަދަ ހަޑިމުޑުދާރުކަންކަމަކީ އެއީ ރީތިކަންކަމުގައި އެ ފިލްމުތަކުގައި ދައްކައެވެ. 

އެއް ޖިންސުން ގުޅުން ހިންގުމަކީ ޠަބީޢީކަމެއް ކަމުގައި ދައްކައެވެ. އެ ކަންކަމާ ދެކޮޅު ހަދާ މީހުންނާއި ފިކުރުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ނާތަހުޒީބީ އަނދިރިކަމެއްގެ ތެރޭގައި ތިބި ޖާހިލު ބައެއް ކަމާއި ބޯދާ ފިކުރުތަކެއް ކަމަށް ދައްކައެވެ. ސީދާ "އެލްޖީބީޓީކިއު+" ފިކުރު ފެތުރުމަށް އެ ކޮންސެޕްޓަށް ފިލްމުތައް ހެދުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ އިތުރުން މިހާރަކަށް އައިސް ކުޑަކުދީން ބެލުމަށް ހަދާ ކާރޓޫނުތަކަށް ވެސް އެ ހަޑިމުޑުދާރު ފިކުރުތައް ވައްދައިފިއެވެ. 

ދަރީންނަށް ދީނީ ރަނގަޅު ތަރުބިއްޔަތާއި މައިންބަފައިންގެ ފާރަވެރިކަމާއި ޢިނާޔަތްތެރިކަން ނުލިބިއްޖެއްޔާ މި ދެންނެވި ފިކުރުތަކުގައި ޖެހި ހަލާކުވެގެން އެ ކުދީން ހިނގައިދާނެއެވެ. މި ކަންކަން މިހާރު މުޖުތަމަޢުން ފެންނާން ވެސް ފަށައިފިއެވެ. ކުދީންގެ ސިކުނޑިތަކުގައި މި ފިކުރުތައް އަށަގަންނާން ފަށައިފިއެވެ. އަދި ކިއެއްތޯއެވެ! މި ފިކުރުތަކަށް ތަބާވެ އެކަން ޢަމަލީ ގޮތުން ކުރާން ވެސް ފަށައިފިއެވެ. 

ބެލެނިވެރީންނެވެ! ދަރީންނާ މެދު ރައްކައުތެރިވާށެވެ. ފަރުވާތެރިވާށެވެ. މާދަން އެ ދަރިންނާ މެދު އަޅުގަނޑުމެންނާ ސުވާލުވެވޭނޭ ކަން ކަށަވަރެވެ. ދީނީ ރަނގަޅު ތަރުބިއްޔަތެއް އެ ކުދީންނަށް ދޭށެވެ. އިސްކޫލުން އެ ކުދީންނަށް ދެވޭ ތަޢުލީމަށް ހަމައެކަނި ބަރޯސާވެގެން ނުތިބޭށެވެ. ބޮލީވޫޑާއި ހޮލީވޫޑުގެ ފިލްމުތަކުގައި އެ ކުދީން ނުޖައްސާށެވެ. ހެޔޮ ރަނގަޅު މަގުމަގު އެ ކުދީންނަށް ދައްކާށެވެ. ހެޔޮ މީހުންނާ އެކުގައި އުޅޭން އެ ކުދީންނަށް ދަސްކޮށްދޭށެވެ. އާޚިރަތަކީ އަންނާނޭ ދުވަހެއް ކަން އެ ކުދީންނަށް ބުނެދޭށެވެ. އާޚިރަތަށް ތައްޔާރުވުމަށް އެ ކުދީންނަށް ބުނެދީ ދަސްކޮށްދޭށެވެ. ދުނިޔެވީ އެދުމާއި މާއްދިއްޔަތަށް އެ ކުދީންގެ ހިތް ނުލަނބުވާށެވެ. މާތް ﷲ މަޢުރިފާކޮށް ދަނެގަތުމަށް އެ ކުދީންނަށް ދަސްކޮށްދޭށެވެ. އެންމެ ހެޔޮވެގެންވާ ނަމޫނާއަކީ ނަބިއްޔާ صلى الله عليه وسلم ކަން އެ ކުދީންނަށް ބުނެދޭށެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން