ޤަމަރު ސޫރަތުގައިވާ ބައެއް ވާހަކަ 3‍- ޢާދު ބާގައިގެ މީހުންގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 2މ 45ސ
ޤަމަރު ސޫރަތުގައިވާ ބައެއް ވާހަކަ 3‍-  ޢާދު ބާގައިގެ މީހުންގެ ވާހަކަ-

ޢާއިޝަތު ރަފާޙް ޢަލީ  

 

ޤަމަރު ސޫރަތުގެ 18 ވަނަ އާޔަތުން 22 ވަނަ އާޔަތައް ވަޙީ ކުރައްވާފައި ވަނީ ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. 

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ ﴿١٨﴾‏ إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ ﴿١٩﴾‏ تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ﴿٢٠﴾‏ فَكَيْفَ كَانَ عَذَابِى وَنُذُرِ ﴿٢١﴾‏ وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿٢٢﴾‏

މާނައީ: "عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ (18) ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. (19) އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ. (20) ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ (21) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟ (22)" 

އެއީ ޔަމަނުގެ ނަމުން ނަންދެވިފައިވާ ޤަބީލާއެވެ. االلَّه އަށް އަޅުކަންކުރުމަށް ގޮވައިލެއްވުމަށް އެއުރެންނަށް هود ޢަލައިހިއްސަލާމް ފޮނުއްވިއެވެ. ދެން އެއުރެން ﷲ ތަޢާލާއަށް އަޅުކަން ކުރުން ދޮގުކުރިއެވެ. ފަހެ، اللَّه، އެއުރެން ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް އެއުރެންގެ މައްޗަށް ފޮނުއްވިއެވެ. އެއީ 7 ރެއާއި 8 ދުވަސް ވަންދެނެވެ.

މިއަދު އޮންލައިން