ލޮބުވެތި އަޚުން މީހަކަށް ގެއްލުމެއް ދީފަ ތިމާއަށް ވަކިން އުފަލުގައި އުޅެވޭނެކަމަކަށް އެގޮތަށް އަޅުގަނޑުމެންގެތެރޭގަ މީހުން ވިސްނުމަކީ އެއީ ވަރަށް ބޮޑު ކުއްހީއެއް. ފަހަރއެއްގަ އެމީހާއަށް ނޭނގިދާނެ ތިބާކަމެއް އެމީހާއަށް ގެއްލުން ދިނީ، ގެއްލުންދޭން މަސެއްކަތް ކުރަނީ. އެހެންނަމަވެސް އޭނަގެވެސް އަދި ތިބާގެވެސް ވެރި ރައްބު ދެނެވޮޑިގެންވޭ ކާކުކަން މީގެ ތެރޭގަ މަސެއްކަތް މިކުރަނީ ތިބާއަށް ގެއްލުންދޭން. އެހެންވީމާ، އަނިޔާ މީހަކަށް ދީފަ ލޮބުވެތި އަޚުން އެހިސާބުން ތިމަންނާއަށް ފަސޭހަކަމާއެކީގަ ދިރިއުޅެވޭނެކަމަށް އެގޮތަށް ވިސްނައިގެން ނުވާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވޭ ހުރިހާ ކަމެއް. އެއިލާޙު ދެނެވޮޑިގެންވޭ. އެހެންވީމަ އަޅުގަނޑުމެން މިކަންތައްތަކާ ދޭތެރޭގަ ވަރަށް ބޮޑަށް ވިސްނާ ސަމާލުވެ ތިބެންޖެހޭނެ.
ޙަސަދަވެރިކަމުގެ ވާހަކަ ދައްކާހިނދުގައި، ލޮބުވެތި އަޚުން އަޅުގަނޑުމެންގެ ތެރޭގަ ޙަސަދަވެރިކަން ބައެއް ފަހަރަށް އިންތިހާޔަށް ބޮޑުވެގެން އެބަދޭ. މިގޮތަށް ޙަސަދަވެރިކަން ބޮޑުވެގެންގޮސް އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަ ލުމުގެ ސަބަބުން، ބައެއް ރައްރަށުގަ، އަޅުގަނޑުމެން މިހެންކުރާ ދަތުރު ތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްވެސް މިންވަރަކަށް ހެޔޮ ނޭދޭތަން އެބަފެނޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ދީނުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި މިވަނީ --- " ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ފުރިހަމައަށް ޢީމާންވި ކަމުގައި ނުވެއޭ އޭނާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮ ކަންތައްތައް އަނެކާއަށް ނޭދޭހާ ހިނދަކު.
ތިމަންނަ ބޭނުންވަނީ ތިމަންނަގެ ދަރިފުޅު ރަނގަޅު މޮޅު ކުއްޖަކަށް ވާން. އެހެންނަމަވެސް އަނެކާގެ ދަރިފުޅު ރަނގަޅު މޮޅު ކުއްޖަކަށް ވެއްޖެއްޔާ އެއީ ތިމަންނައަށް ބަލައިގަނެވޭ ކަމަކަށް ނުވޭ، އެއީ ޙަސަދަވެރި ވުމަކީ.
ބައެއް ކުދިކުދި ރަށްރަށް ލޮބުވެތި އަޚުން އެބަތިއްބޭ މިގޮތަށް ވެގެންގޮސް މި ފެންނަނީ އެއްބަޔަކަށް ހެޔޮނޭދޭ، އެއްވބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ގުޅުން ނޯންނަ ބައެއްގެ ގޮތުގައި. ކިހިނެއްތޯ ގުޅުން އޮންނާނީ؟ އޭނާއަށް ނިޢުމަތެއް ލިބުމަކަށް ނޭދޭ، އޭނާގެ ގެ ޒީނަތްތެރި ވާކަށް ނޭދޭ. އަބަދުވެސް ބޭނުންވަނީ ތިމަންނައަށް މޮޅުވާން.
ލޮބުވެތި އަޚުން މީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެން ވިސްނަންޖެހޭކަމެއް ތިބާއަށް އަބަދު މޮޅުވުން، ތިމާގެ އަޚާއަށް އެއްވެސް ނިޢުމަތެއް ލިބުމަށް ނޭދި، ތިމަންނައަށް އަބަދު މޮޅުގޮތް އެދޭ އެދުމަކީ އެއީ މީހާގެ ހުރި ދަހިވެތިކަމުގެ ހެއްކެއް. ހުރިހާ ނިޢުމަތެއް ތިމަންނައަށް. ތިމަންނަގެ އަޚާއަށް، ތިމަންނަގެ ގާތްތިމާގެ މީހުންނަށް އެ އެއްވެސް ނިޢުމަތެއް ލިބިގެންނެއް ނުވޭ. މީ ދަހިވެތި ކަމުގެ ހެއްކެއް އަޅުގަނޑުމެންގެ ހިތްތައް އަޅުގަނޑުމެން ދަހިވެތިކަމުން މިފަދަ އެދުންތަކުން އަޅުގަނޑުމެން ދުރު ކުރަންޖެހޭ.
އެހެންމަ އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަންކަމާ ދޭތެރޭގަ ވިސްނާ ފިކުރު ކޮށްގެން ތިބެންވާނީ، ތިމަންނައަށް ޙަޤީގަތުގަވެސް މިކަހަލަ ވިސްނުމެއް ހިތުގަ އެބައޮތްތޯ؟ ހުރިހާ މޮޅެއް ހުރހާ ރަނގަޅެއް އޮތީ ތިމަންނައަށް ވުމޭ، އެގޮތަށް އަޅުގަނޑުމެންގެ ހިތުގަ އަޅުގަނޑުމެންގެ ނަފްސުގަ ވިސްނޭތޯ؟ އެ ވިސްނޭކަމުގަ ވާނަމަ ލޮބުވެތި އަޚުން ބަދަލު ކުރަން އަޅުގަނޑުމެން މަސެއްކަތް ކުރަންޖެހޭ.
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން