ތިމާއަށް މިއުޅެވެނީ ﷲ ގެ ޢަޛާބުގަ ނޫންކަން ކަށަވަރުކުރަންޖެހޭ! ގިނަބައަކު ތިބީ މިކަމަށް ޣާފިލުވެ ޢަޛާބުގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިމާއަށް މިއުޅެވެނީ ﷲ ގެ ޢަޛާބުގަ ނޫންކަން ކަށަވަރުކުރަންޖެހޭ! ގިނަބައަކު ތިބީ މިކަމަށް ޣާފިލުވެ ޢަޛާބުގަ!: މުފްތީ މެންކް

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނައީ ތިމާމެންނަކީ ﷲ ތަޢާލާގެ ޢަޛާބުގައި އުޅެމުންދާ ބައަކުކަން ނުއެނގި ތިބެ އުފަލާއި މަޖަލުގައި ދުނިޔޭގައި އުޅެމުންދާ މީހުންނެވެ. އެމީހުން ހީކުރަނީ އެމީހުން މިތިބީ ﷲ ތަޢާލާގެ ނިޢްމަތުގައި ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެމީހުން ތިބެނީ އެކަލާގެ ލެއްވެވި ޢަޛާބުގައެވެ.  

މިބުނި މީހުންނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ﷲ ތަޢާލާ ނިޢްމަތް މިންވަރުކުރެއްވެވުމުން ޣާފިލުވެ ﷲ ތަޢަލާ އާއި ދުރުހެލިވެގެން އުޅޭ މީހުންނެވެ. އެމީހުންނަށް ނިޢްމަތްތައް އިތުރުވެސް ކޮށްދެއްވަވަތެވެ. އެއީ އެމީހުން ޣާފިލުވާ މިންވަރު އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ.  

މީސްތަކުންނޭވެ! ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބޮޑެތި ގެއްލުންތައް ކުރިމަތިނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކި ގޮތްގޮތުންނެވެ. އެކި މިންވަރަށެވެ. ނަމަވެސް ކާމިޔާބު މީހުންނަކީ އެއީވެސް ﷲ މިންވަރުކުރެއްވެވި ޙާލަތުކަން ޤަބޫލުކޮށް އެކަލާނގެ އަންގަވާފައިވާ މަގުގައި ސާބިތުވެ ތިބޭ މީހުންނެވެ. 

މީސްތަކުންނޭވެ! އެންމެ ކާމިޔާބު މީހުންނަކީ ނިޢްމަތްތައް ދެއްވެވުމުން ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރާ މީހުންނެވެ. މަޑުމޮޅިވެ ހިތްތިރިކުރާ މީހުންނެވެ. ޙަޤީޤަތުގައި ކާމިޔާބު ލިބޭނީ އެމީހުންނަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން