ﷲ ތަޢާލާގެ 99 ނަންފުޅު (އަސްމާއުލްޙުސްނާ) ހިތުން އެނގުމަކީ ސުވަރުގެ ވަދެވެން އޮތް ކަމެއްކަން ޙަދީށްފުޅުން އެނގެން އެބައޮތެވެ. އެކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ.
ކޮންމެ މުސްލިމެއްގެ ގާތުގައިވެސް ﷲ ތަޢާލާއަށް ކިތައް ނަންފުޅުވޭތޯ ނުވަތަ އަސްމާއުލްޙުސްނާގައިވަނީ ކިތައް ނަންފުޅުތޯ ސުވާލުކޮށްފިނަމަ އެންމެންވެސް ވަރަށް ފަސޭހަކަމާއިއެކު 99 ނަންފުޅުކަމަށް ބުނާނެއެވެ.
އެހިސާބުން އެތަނުން ކަލެއަށް އެނގެނީ ކިތައް ނަންފުޅުތޯ ސުވާލުކޮށް، އެނގޭ ނަންފުޅުތައް ކިޔައިދޭން ބުނެފިނަމަ ގިނަބައަކަށް ކިޔައިދެވޭނީ ގިނަވެގެން 20 ވަރަކަށް ނަންފުޅެވެ.
އެހިސާބުން ކަލެއަށް އެނގޭ ނަންފުޅުތަކުގެ މާނަ ކިޔައިދޭން ބުނެފިނަމަ ގިނަވާނީ 5 ވަރަކަށް ނަންފުޅުގެ މާނަވެސް ކިޔައިނުދެވޭނެ މީހުންނެވެ.
ދެން ނިކަން ބުނެބަލާށެވެ! (1) ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނަން ލަދެއް ނުގަންނާނަން ހެއްޔެވެ؟ 02) ތިމާއަކީ ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހަކު ކަމަށް ބުނެވެން އެބައޮތް ހެއްޔެވެ؟
އަމިއްލައަށް ޖަވާބުދޭށެވެ! އަދި ތިމާގެ ކިބައިގައި އުނިވާބައި ރަނގަޅުކޮށްލާށެވެ! (ނުއެނގޭ ނަންފުޅުތަކާ މާނަ ދަސްކޮށްލާށެވެ!)
Narrated Abu Huraira:
Allah's Messenger (ﷺ) said, "Allah has ninety-nine Names, one-hundred less one; and he who memorized them all by heart will enter Paradise." To count something means to know it by heart.
|
Reference |
: Sahih al-Bukhari 7392 |
|
In-book reference |
: Book 97, Hadith 21 |
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމް