ކުރާ އަޅުކަން ފުރިހަމަވެ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމަށާ މީސްތަކުންގެ ލޯބިލިބެން އެންމެ މުހިންމު ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކުރާ އަޅުކަން ފުރިހަމަވެ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމަށާ މީސްތަކުންގެ ލޯބިލިބެން އެންމެ މުހިންމު ސިފަ!

މަޑުމައިތިރިކަމަށް ބަލާއިރު އެއީ އިންސާނަކަށް އެންމެ މުހިންމު އެއް ސިފައެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އަވަސްއަރުވާލައިގެން ކުރާނަމަ ލިބޭނެ ދެރަތަކެއް ހުންނާނެއެވެ. އަވަސްއަރުވާލައިގެން ކުރާނަމަ އެކަމެއް ކުރަންޖެހޭ ގޮތަށް އޮންނާނީ ނުކުރެވިފައެވެ. ހެދުނު ގޯސް ވިސްނި އަލުން ކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ.  

މީގެ އިތުރުން މަޑުމައިތިރިކަމުގެ ސިފައަކީ ވަރަށް މާތް ސިފައެކެވެ. މީސްތަކުންގެ ލޯބިލިބުމަށް އޮތް އެންމެ ފަސޭހަ އެއް ސިފައެވެ. ގޭތެރޭގެ ހަމަޖެހުމަށްވެސް އެންމެ މިުހިންމު ސިފައެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އޮތީ އެކަމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.  

އަބަދުހެން މިދެއްކެނީ ހަމަ އެއްބާވަތުގެ ވާހަކަތަކެކެވެ. ހަނދާންކޮށް މިދެވެނީ ދާދި އެއް ކަންތައްތަކެކެވެ. އެއީ އިސްލާމް ދީނުގައި އެކަން އޮތްގޮތެވެ. ބުނެދެވޭނީވެސް ހަނދާންކޮށްދެވޭނީވެސް ދީނުގައި ހުރި ކަންކަމެވެ. ހަނދާންކޮށްދޭންޖެހޭ ކަންކަމެވެ.  

ތިއަބައިމީހުންގެ ތެރެއިން ނަމާދުކުރާއިރުވެސް އަދި ކޮންމެއަޅުކަމެއް ކުރާއިރުވެސް ﷲ ތަޢާލާ އާއިމެދު ހިތަށް ބިރުވެތިކަން ވައްދައި މަޑުމޮޅިވެ ކިޔަމަންތެރިވާން ޖެހޭ ސަބަބާއިމެދު ވިސްނައިލަނީ ކިތައް މީހުން ހެއްޔެވެ؟ ސުވާލަކީ އެކަން ނުކުރެވޭނަމަ ކުރެވޭ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވޭނެ ހެއްޔެވެ؟   

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

Prophet Mohammad () said,

"Do good deeds properly, sincerely and moderately and know that your deeds will not make you enter Paradise, and that the most beloved deed to Allah is the most regular and constant even if it were little."

Sahih al-Bukhari 6464

މި ޙަދީޘްފުޅުގައި އެވަނީ އިޚްލާޞްތެރިކަމާއި މަޑުމައިތިރިކަމާއިއެކު އަޅުކަންކުރުމަށެވެ. އަދި ތިބާ ސުވަރުގެ ވައްދަވާނީ ތިބާ ކުރާ އަޅުކަން ނޫން ކަމަށެވެ. އަދި ﷲ ތަޢާލާގެޙަޟްރަތުގައި އެންމެއިތުރުކަން ބޮޑުވެގެންވަނީ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް އެ ޢަމަލުކުރުމުގައި ސާބިތުވެ ހުންނަ ޢަމަލު ކަމެވެ.  

ސާބިތުވެ ހުރެ އަޅުކަން ކުރެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވެ ހުރެގެން އަޅުކަންކުރުމުންނެވެ. ވީމާ ފަހުން މާގިނަ އަޅުކަން ކުރަން ފަށަން މަޑު ނުކުރާށެވެ! ކިތަންމެ ކުޑަ ޢަމަލަކުން ނަމަވެސް ޢަމަލުކުރަން ފަށާށެވެ! އެހެން ސުންނަތް ނަމާދުތަކަށް ފެށުމުގެ ކުރިން ރަވާތިބު ސުންނަތް ކުރަން ފަށާށެވެ! ދޫނުކޮށް ކުރެވެން ފެށުމުން އެހެން ސުންނަތް ނަމާދުތައްވެސް ކުރަން ފަށާށެވެ! ވިތުރި އާއި ތަހައްޖުދު ނަމާދުވެސް ކުރަން ފަސާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން