ތެދުމަގު ނުފެނުނީ ކަމަކަށް ނުބުނެވޭނެ! ﷲ ތަޢާލާގެ މަގު ލިބިގަންނަން މަސައްކަތްކުރި ކޮންމެ މީހަކަށް އެމަގު ދައްކަވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތެދުމަގު ނުފެނުނީ ކަމަކަށް ނުބުނެވޭނެ! ﷲ ތަޢާލާގެ މަގު ލިބިގަންނަން މަސައްކަތްކުރި ކޮންމެ މީހަކަށް އެމަގު ދައްކަވާނެކަން ޤުރްއާނުން-

"ތެދުމަގުގައި ޘާބިތުވުމަށް މަސައްކަތްކުރަމެވެ. ނަމަވެސް ޘާބިތުނުވެވެނީއެވެ. ރަނގަޅު ގޮތް ނުފެންނަނީއެވެ. ނުވިސްނެނީއެވެ." މިފަދަ ވާހަކަތައް ދައްކާ މީހުން ވިސްނައިލާށެވެ!   

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. 

" ގެ އިޛްނަ ފުޅަށްމެނުވީ، އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްތަޣާބުން: 11)   

ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވުންކަން މިއާޔަތުން އެނގިގެން އެބަދެއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ އެވަނީ ބަޔާންކުރައްވަވައިފައެވެ.  

އޮތީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެ ޝަރުޠަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. " އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ." ހަމަ އެކަނި ތިމާ އީމާންވެއްޖައިން ކަމަށް ބުނެލުމަކުން ނުފުދޭކަމާއި އިޚްލާޞްތެރިކަމާއިއެކު އީމާންވާންޖެހޭކަން އެނގިގެންދެއެވެ. " ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ވަޙީ ކުރައްވަވާފައި އޮތުމުންނެވެ.  

ބައެއް މީހުންގެ ޙަޔާތުން ބައެއްގައި ނުވަތަ ދުވަސްތަކެއްގައި ފާފަކުރެވުމުން ދެން އެމީހަކަށް ﷲ ތަޢާލާ ތެދު މަގު ނުދައްކަވައިފާނެ ކަމަށް ޤަބޫލުކޮށް މާޔޫސްވެއެވެ. އަދި އެމާޔޫސްކަމުގައި ފާފަކުރުންމަތީގައި ޙަޔާތުގެ ދެން އޮތް ބައިވެސް ހޭދަކޮށްލައެވެ. ނަމަވެސް މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ﷲ ތަޢާލާއަށް އީމާންވާ މީހާއަށް ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ އެވަނީ ވަހީކުރައްވަވައިފައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން