ޙަސަދަވެރި ވުމަކީ ކޮބައިތޯ؟ ޙަސަދަވެރިކަމުން ރުޅިވެރިކަމަށް ގެންގޮސްދެނީ ކިހިނެއްތޯ؟: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޙަސަދަވެރި ވުމަކީ ކޮބައިތޯ؟ ޙަސަދަވެރިކަމުން ރުޅިވެރިކަމަށް ގެންގޮސްދެނީ ކިހިނެއްތޯ؟: ޝައިޚް ނިމާލް

ބައެއް ފަހަރަށް އަޅުގަނޑުމެންގެ ހިތުގައި މީހަކާ ދޭތެރޭ އޮންނަ އިޙްސާސްއެއްގެ ސަބަބުން އެމީހާދެކެ ރުޅި އާދެވޭތަން އެބައާދޭ. މީ ބައެއް ފަހަރަށް ހަސަދައިގެ ސަބަބުން ރުޅި އަންނަގޮތް ދިމާވާފަދަ ހާލަތްތައް. 

ލޮބުވެތި އަޚުން! ޙަސަދައަކީ މީ މީހާގެ ހެޔޮ ޢަމަލުތައް ނައްތާލާ ކަމެއް. މީހާގެ ހެޔޮ ޢަމަލުތައް ނެތިކޮށްލާ ކަމެއް. އަޅުގަނޑުމެންގެ މި ދީނުގަ ޙަޤީގަތުގަ މީހަކު އަނެކާޔާ ދޭތެރޭ ޙަސދަވެރިވުން ވަނީ މަނާކޮށްފަ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ –

"ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ހަސަދަވެރި ނުވާށޭ."  

ޙަސަދަވެރި ވުމަކީ ކޮބައިތޯ؟ ޙަސަދަވެރިކަމުން ރުޅިވެރިކަމަށް ގެންގޮސްދެނީ ކިހިނެއްތޯ؟ 

ޙަސަދަވެރިވުމަކީ ލޮބުވެތިއަޚުން، މީހަކަށް ލިބިފައިވާ ނިޢުމަތެއް ފިލައި ދިޔުމަށް މީހާ އެދުން. މިސާލަކަށް މީހަކު، އަނެކާ އެއީ މުއްސަންޖެއް. އޭނާއަށް ލިބިފައިވާ ނިޢުމަތް އޭނާގެ ކިބައިން ފިލައި ދިޔުމަށްއެދުން. އެގޮތަށް އެ ވިސްނާ މީހާގެ ކިބަޔަށް އެކަން ނައިކަމުގައި ވީނަމަވެސް އެއީ ހަމަ ޙަސަދަ. އޭނާ އެގޮތަށް ނޭދުނު ކަމުގައިވިޔަސް.  

ބައެއް ފަހަރަށް ޙަސަދަވެރިން ބޭނުންވެދާނެ އެއްކަލަ މިހާގެ ކިބައިގަ އެވާ ނިޢުމަތް އޭނާގެ ކިބަޔަށް އަންނަން. އެމީހާ އެ ހަސަދަލާ މީހެއް ނުވަތަ އޭނާއާ ދޭތެރޭގަ ނުބައި ހިތް ލައިގެން ހުންނަ މީހާ، އެމިހާގެ ކިބައިން އެ ނިޢުމަތް ފިލައި ގޮސް ތިމަންނަގެ ކިބަޔަށް އެ ނިޢުމަތް އައުމަށް ބައެއް ފަހަރަށް އެދޭނެ. އަނެއްބައި ފަހަރަށް އެއްވެސްމީހެއްގެ ކިބަޔަށް އެ ނިޢުމަތް ނުދިޔަކަމުގައި ވީނަމަވެސް  އޭނާ މުއްސަނދި ހާލުގައި، އޭނާއަކީ މޮޅު ކުއްޖެއްގެ ގޮތުގައި، އޭނާގެ ދަރިއަކީ މޮޅު ކުއްޖެއްގެ ގޮތުގައި، އޭނާއަކީ ތަނަވަސް ހާލަތުގައި އުޅޭ މީހެއްގެ ގޮތުގައި، އޭނާއަކީ ސިއްޙަތު ސަލާމަތުން ހުންނަ މީހެއްގެ ގޮތުގައި އުޅުމަށް ނޭދޭ މީހުން އެބަތިބި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި. މިއަށް މިކިޔަނީ ޙަސަދަވެރިން. މީ ވަރަށް ނުރައްކާތެރި މާޢުނަވީ ބައްޔެއް ލޮބުވެތި އަޚުން.  

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން