މިކަމަކީ ބައެއް އަންހެނުންނަށް އޮޅުން އަރާކަމެކެވެ. އެހެންވެ ސުވާލުކުރައްވާތީ މިގެނެސްދެނީ ޢަމަލްކުރަން އޮތް ގޮތް ކަމަށް ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވެފައިވާ ބަސްފުޅެވެ.
ސުވާލް: ފިރިމީހާ އާއިއެކު ޖިމާޢުވެފަ ޖުނުބުގެ ހިނެއިން ހިނައި ނުގަނެވި ހުއްޓައި ޙައިޟްވީއެވެ. އެޙާލަތުގައި ޙައިޟުގެ ލޭކެނޑުމުން 2 ހިނެއިން ހިނައިގަންނަން ޖެހޭނެތޯއެވެ؟
ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު: އެއް ހިނައިގަތުމުން ފުދޭނެއެވެ. ނަމަވެސް ޖުނުބުވެފައިހުރިކަމަށްވާނަމަ ޙައިޟުވެގެންހުރެވެސް ހިނައިގަންނަންވާނެއެވެ! އެހެނީ ޤުރްއާން ކިޔެވޭނީ ޖުނުބުގެ ހިނެއިން ހިނައިގަނެގެންހުރެ ކަމަށްވާތީއެވެ.
ޝައިޚް ފާހަގަކުރައްވާފައި އެވަނީ ޙައިމްވެރިޔާއަށް ޤުރްއާނުގެ މުޞްޙަފް ނުއުފުލުނު ނަމަވެސް ޤުރްއާން ކިޔެވޭނެއިރު، ޤުރްއާން ކިޔެވުމަށްޓަކައި ޙައިޟުވެގެން ހުރިނަމަވެސް ޖުނުބުގެ ހިނެއިން އެ ޙާލަތުގައި ހިނައިގަންނަން ޖެހޭނެ ކަމެވެ. ޤުރްއާން ކިޔަވަންވާނީ ޖުނުބުގެ ހިނެއިން ހިނައިގަނެގެން ހުރެކަމެވެ.
ވީމާ ސުވާލުކުރި ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޙައިޟުވެގެން ހުރެވެސް އޮތީ ޖުނުބުގެ ހިނެއިން ހިނައިގަތުންކަމެވެ.