މަޣްރިބް ނަމާދު ނުކޮށް ނުނިދަންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
މަޣްރިބް ނަމާދު ނުކޮށް ނުނިދަންވީ ސަބަބު-

މަސައްކަތް ނިމިގެން އަޅުގަނޑަށް ގިނަ ދުވަސްދުވަހު ގެއަށް އާދެވެނީ މަޣްރިބް ނަމާދު ވަޤު ކައިރިވެފައި ހުއްޓައެވެ. ދެން އެއްޗެއް ކާލައިގެން އޮށޯވެލެވޭތަނާ ބައެއް ދުވަސް ދުވަހު ނިދެއެވެ. ހޭލަން މަސައްކަތްކުރިނަމަވެސް ބައެއް ރޭރޭ ހޭލައިގެން މިސްކިތަށް ދެވެނީ ޢިޝާ ނަމާދުގެ ބަންގިއަށެވެ. އެހެންވެ މަޣްރިބްނަމާދުކުރެވެނީ ޢިޝާއަށް ބަންގިގޮވާފަހުންނެވެ. އެޙާލަތުގައި އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ނިދުމާއި ހަނދާން ނެތުމަކީ ނަމާދު ވަޤުތުން ފަސްކުރަން ހުއްދަވާ 2 ޢުޛުރެވެ. ނަމަވެސް އިރުއޮއްސުމުން ޢިޝާ ނަމާދުނުކޮށް ނުނިދަން މަސައްކަތްކުރާށެވެ. ސަބަބު ތިރީގައިވާ ލިޔުމުގައިވާ ޙަދީޘްފުޅުން އެނގިލއްވާނެއެވެ. ވީމާ ތިއައީ ގިނައިން ދިމާވާ ޙާލަތެއްނަމަ ތަކުރާރުނުވާނެ ގޮތަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ!  

ތިއަ ވަޤުތު ނިދުމަކީ ރޭގަނޑު އަވަހަށް ނިދަން ހުރަސްއެޅޭވެސް ކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އިރުއޮއްސޭ ވަޤުތާއި ދިމާވާގޮތަށް ނުނިދަން މަސައްކަތް ކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

"އަޅުގަނޑަށް މަޣްރިބް ނަމާދުނުކޮށް އޮށޯވެލެވުނުތަނާ ނިދުނީއެވެ. މަންމަ ގޮވީމާވެސް ނިދިފިލާވަރަށް ނުހޭލެވުނީއެވެ. ހޭލެވިފައިވެސް ނިދުނީއެވެ. ނިދިފިލައި ހޭލެވުނުއިރު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންވެ އެއްޗެއް ކާލައިގެން ފެންވަރައިގެން މިސްކިތަށް ދެވުނުއިރު ޢިޝާ ނަމާދަށް ބަންގި ގޮވަނީއެވެ. ޢިޝާނަމާދުގެ ކުރިން މަޣްރިބް ނަމާދުކުރީމެވެ.

މިޙާލަތުގައި އަޅުގަނޑު ޤަޞްދުގައި ނަމާދުއެޅިކަމުގެ ފާފަވެރިވާނެތޯއެވެ؟ 

ޖަވާބު: ލިޔުއްވަވާނެ ގޮތް ނިންމެވުން ވަނީ ﷲ ތަޢާލާއަށެވެ. ޢިޝާނަމާދުނުކޮށް ނިދުމާއި ޢިޝާ ނަމާދުގެ ފަހުން ނުނިދައި ބޭކާރު ކަންކަމުގައި ވަޤުތު ހޭދަކުރުމަކީ ރަސޫލް ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. 

އެޙާލަތުގައި ބަނޑުހައިވެފައިހުރިނަމަވެސް ލުއިމަގަކުން ކައި އަވަސްކޮށްލައިގެން މަޣްރިބް ނަމާދުކުރުމަށް ސަމާލުކަންދޭށެވެ. ހައިވެގެން ހުންނަން ޖެހޭނީ ވަރަށް ކުޑަކުޑަ ވަޤުތުކޮޅަކަށެވެ. ވީމާ ކެތްކުރަން މަސައްކަތްކުރިނަމަ ޢަމަލުކުރެވުނީހީ ވަރަށް ރަނގަޅަށެވެ. 

حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، قَالَ أَخْبَرَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، قَالَ حَدَّثَنَا خَالِدٌ الْحَذَّاءُ، عَنْ أَبِي الْمِنْهَالِ، عَنْ أَبِي بَرْزَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا 

Narrated Abu Barza:

Allah's Messenger () disliked to sleep before the `Isha' prayer and to talk after it.‏.‏

Reference

 : Sahih al-Bukhari 568

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން