ތަރުތީބު އޮޅުވާނުލާ!: ޘަވާބުހޯދަންވެސް އަނބިދަރިންނަށާ ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަންކޮށްނުދީ އެހެން މީހުންނަށް ކަންކަންކޮށްދޭން ބުނީ ކާކު؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތަރުތީބު އޮޅުވާނުލާ!: ޘަވާބުހޯދަންވެސް އަނބިދަރިންނަށާ ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަންކޮށްނުދީ އެހެން މީހުންނަށް ކަންކަންކޮށްދޭން ބުނީ ކާކު؟: މުފްތީ މެންކް

ޘަވާބު ހޯދަން ބޭނުންވެގެން މީސްތަކުންނަށް އެހީތެރިވެދިނުމުގައިވެސް ތަރުތީބެއް އެބައޮތެވެ. އެތަރުތީބު އައިސްފައިވަނީ ﷲ ތަޢާލާގެ ހަޟްރަތުންނެވެ. ވީމާ އަހުރެމެންނަށް އޮތީ އެތަރުތީބުން ޢަމަލުކުރުމެވެ.

ކޮންމެ މީހަކުވެސް ފުރަތަމަ އަދާކުރަން ޖެހޭނީ ތިމާގެ އަމިއްލަ ޒިންމާތަކެވެ! ތިމާގެ އަމިއްލަ ގޭތެރޭގެ ކަންކަން ފުރިހަމަކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ފަރުދީ ޒިންމާއެވެ! ގޭތެރޭގެ ކަންކަން ކަމަށް މިބުނަނީ އަނބިދަރިންގެ ޒިންމާތަކެވެ. މައިންބަފައިންގެ ޒިންމާތަކެވެ. ޢާއިލީ ޒިންމާތަކެވެ.

ވީމާ ފުރަތަމަ އެ ޒިންމާ އަދާކުރާ މީހަކަށްވާށެވެ! އެއަށްފަހު ވަގުތު އޮތްވަރަކުން އެހެން މީހުންނަށްވެސް އެހީތެރިވާށެވެ! ދރިއުޅުން ކުރިއަރަމުންދާނީ އެއރުންނެވެ!

ކަން އޮތީ މިފަދައިން ނަމަވެސް ގިނަ ބައަކު އެމީހުންނަށް ލިބޭ ހުރިހާ ވަގުތުތަކެއްހެން ހޭދަކުރަނީ އެހެން މީހުންނަށް ކަންކަން ކޮށްދިނުމަށެވެ. އެހެން މީހުންނަށް ކަންކަން ކޮށްދިނުމަކީ ވަރަށް ރަނގަޅުކަމެކެވެ. އެކަން ކުރަންވާނެއެވެ. މައްސަލައަކަށްވަނީ އަމިއްލަ ގެއާއިމެދު އިހްމާލްވެވޭ ކަމެވެ. ގޭގައި ކުރަން ޖެހޭ ކަންކަން ނުކޮށް ހުންނަ ކަމެވެ. އަމިއްލަ އަނބިދަރިންނަށް ކޮށްދޭން ޖެހޭ ކަންކަމަށް އިހްމާލުވާ ކަމެވެ. އެއިރުން އަދި ކަންކަން އެކުރެވެނީ މުޅިން ރަނގަޅަކަށް ނޫނެވެ! ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކީ އެއީއެއް ނޫނެވެ.

ޞަދަޤާތްކުރުންވެސް ފަށަން ޖެހޭނީ އަމިއްލަ ޢާއިލާއިންނެވެ. ކަންކަން ކޮށްދިނުމުގައިވެސް ފުރަތަމަ އިސްކަން ދޭން ޖެހޭނީ އަމިއްލަ ޢާއިލާއަށް ދަތިވާ ކަންކަން ކޮށްދިނުމަށެވެ. ރަސޫލް (ﷺ) އަމިއްލަފުޅު ގަނޑުވަރުކޮޅުތަކުގެ ކަންކަން އަމިއްލަފުޅަށް ކުރެއްވެވިކަމާއި އަނބިއަނބިކަނބަލުންގެ ޚިދުމަތުގައި ގިނަ ވަޤުތުތަކެއް ހޭދަކުރެއްވެވިކަން އެއީ މިކަމުގެ ދަލީލެވެ!

--މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން