ނަމާދަށް ފަށާއިރު ނިޔަތްގަންނާނީ ހިތުންނެވެ. ދުލުން ކިޔާކަށް ނުޖެހޭނެއެވެ. ނަމަވެސް ދުލުން ކިޔަންހުރި ޛިކުރުތައް ކިޔަންޖެހޭނީ ދުލުންނެވެ. މޮޅު އިތުރު ގޮތަކީ ދުލުންކިޔާއިއރު މާނަ ހިތްމައްޗަށް ގެނައުމެވެ. ނަމަވެސް ދުލުން ކިޔަންޖެހޭ ޛިކުރުތައް ހިތުން އެކަނި ކިޔައިގެން ނުފުދޭނެއެވެ. ހިތުން އެކަނި ޛިކުރުތައް ކިޔަންވާނީ ދޫ ޙަރަކާތް ނުކުރެވޭނަމައެވެ. (މިޘާލަކަށް ވާހަކަ ނުދެއްކޭ މީހުން)
ކޮންމެ ރަކްޢަތެއްގައި އިމާމްވެސް މައުމޫމުންވެސް އަދި އެކަނިހުރެ ނަމާދުކުރިނަމަވެސް ފާތިޙާސޫރަތް (އަލްޙަމްދު) ކިޔަވަންޖެހޭނެއެވެ. އިމާމް މީހާ މާއަވަހަށް ރުކޫޢުކުރާތީ މައުމޫންނަށް ނުކިޔެވިއްޖެނަމަ އެކަމުގައި މައުމޫމުންގެ ކުށެއް ނެތެވެ. އެކަމަށް ޒިންމާވާނީ އިމާމް އެވެ. މައުމޫމުންނަށް އޮތީ އިމާމް މީހާ ރުކޫޢުކުރުމުން ރުކޫޢު ކުރުމެވެ.
އަޑުހަރުކޮށްގެން ކިޔަވާ ނަމާދުތަކުގައި އިމާމް މީހާއާއިއެކުގައިވެސް އަލްޙަމްދު ކިޔެވޭނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަލްޙަމްދު ކިޔަވާނެ ވަޤުތު ނުދީ ސޫރަތް ކިޔަވަން ފަށާ އިމާމުންގެ ފަހަތުގައި ކުރާނަމަ ރަނގަޅު ގޮތަކީވެސް އިމާމް ޢާއިއެކު ކިޔަވައި އިމާމްމީހާގެ ފަހަތުން އާމީންކިޔުން ކަމަށްވެސް ބަޔާންކުރައްވައެވެ.
ކޮންމެއަކަސް އަލްޙަމްދު ނުކިޔަވައި ނަމާދު ނަމާދަކަށް ނުވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުން ހުރި ލިޔުން (1)
https://islamqa.info/en/answers/5410/what-to-do-if-you-cannot-read-al-fatihah-in-praye
އަލްޙަމްދު ކިޔުމުގެ ފުރުޞަތު މައުމޫންނަށް ނުލިބޭގޮތަށް އަވަސްއަރުވާލައިގެން ނަމާދުކުރާ އިމާމުންގެ ފަހަރުގައި ނަމާދުކުރުމެއް ނެތެވެ! އެހެން އިމާމެއް އިޚްތިޔާރުކުރާށެވެ!
ގުޅުންހުރި ލިޔުން (2)