ފަތިސްނަމާދަށް ހޭލެވުމުންވެސް ކަންނަތެވެ ނަމާދުނުކޮށް ނިދައިލެވޭ މީހުން ވަރަށް ގިނައެވެ. މިފާހަގަކުރަނީ އެފަދަ މީހުން ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.
ސުވާލު: ފަތިސްނަމާދަސް ހޭލެވުނީ އިރުއަރަން 10 މިނިޓް ހުއްޓައެވެ. ނިދިގަދަވެފައިހުރިވަރުން އިތުރަށް 2 މިނިޓް ނިދާލަން ބޭނުންވެގެން އޮށޯވެލިތަނާ ނިދިފައި ފަތިސްނަމާދަށް ނުހޭލެވުނީމާ ޤަޞްދުގައި ފަތިސްނަމާދު އެޅިމީހަކަށް އަޅުގަނޑުވާނެތޯއެވެ؟
ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު: ފުރުޞަތު ބޮޑީ ނުހޭލެވުންކަން އެނގޭ ޙާލުގައި ނިދުމުން ނުހޭލެވިއްޖެނަމަ ވާނީ ޤަޞްދުގައި ނަމާދުއެޅުން ކަމަށެވެ.
މިއީ އަޅުގަނޑުމެން ވިސްނައިލުން މުހިންމު ކަމެކެވެ. ރޭގަނޑުގެ ގިނަ ވަޤުތަކެއް ބޭކާރު ގޮތުގައި ހޭދަކޮށްފައި ފަތިސްނަމާދަށް ނުހޭލެވޭނެކަން އެނގިތިބެ ނިދާ ގިނަ ބައަކު އެބަ އުޅެއެވެ. ވީމާ ޤަޞްދުގައި ފަތިސްނަމާދު އެޅި މީހަކަށްވުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ.