ތިބާއަށް ހަލާކުހުރިކަމަށް ﷲ ވަޙީކުރައްވަވާފައިވާ ކަންކަން ބިރެއްނެތި ކުރަނީ ކީއްވެ؟ ތިބާއަކީ ހަލާކުހުރި މީހަކަށް ވެއްޖެނަމަ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށް ހަލާކުހުރިކަމަށް ﷲ ވަޙީކުރައްވަވާފައިވާ ކަންކަން ބިރެއްނެތި ކުރަނީ ކީއްވެ؟ ތިބާއަކީ ހަލާކުހުރި މީހަކަށް ވެއްޖެނަމަ ޙާލަކީ ކޮބާ؟

މުސްލިމުންނަކީ މީހަކު ބުނާހާ ބަހަކަށް ކަންބޮޑުވާންޖެހޭ ބައެއް ނޫނެވެ. އެހެނީ ތިބާއަށް ނުބައި ބަސް އެބުނަނީ ހަމަ ތިބާފަދަ އިންސާނެކެވެ. ދެރައެއްދޭން އުޅޭނަމަ އެމީހަކީވެސް ހަމަ ތިބާފަދަ އިންސާނެކެވެ. ކޮންމެ އިންސާނަކަށްވެސް އެއްވެސް ކަމެއް ކުރެވޭނީ އެކަމަކަށް ﷲ ތަޢާލާ އިޛްނަ ދެއްވެވިނަމައެވެ.  

މީހަކު ތިބާއަށް ނިޞްބަތްކޮށް "ތިބާއަށް ހަލާކުހުރި" ކަމަށް ބުނެފިނަމަ އެމީހަކު ދެކެ އިންތިހާއަށް ރުޅިގަދަވެވޭއިރު "އެކަމެއް ކުރުމުން ތިބާއަށް ހަލާކުހުރި" ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ކަންކަން އެއްވެސް ބިރެއް ނެތި ތިބާ ކުރަނީ ކީއްވެގެން ހެއްޔެވެ؟   

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް އެއީ މާބޮޑު ކަމެއް ކަމަށް ޤަބޫލުނުކުރެވި އަދި އަނެއް ބައަކަށް މިކުރެވެނީ އެއްވެސް ކަމެއް ނޫން ކަމަށް ދެކި ކުރެވެމުން މިދާ ބައެއް ކަންކަމަކީ އެކަންކަން ކުރާ މީހުންނަށް ހަލާކުހުރި ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ކަންކަމެވެ.  

ބިރުވެތިވާށެވެ! އެކަމެއް ކުރުމުން އެމީހަކަށް ހަލާކު ހުރި ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާނީ އެކަމުގެ ނުބައިކަން ހާދަ ބޮޑުވުމުންނެވެ!  

"ފުރައްސާރަކުރުމާއި، ހަޑިހުތުރު ލަޤަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި، ދިމާކުރުން ފަދަ ކަންކަމަކީ އިޖުތިމާޢީ ފޭރާން ވީދި، މުޖްތަމަޢުގައި ފިތުނަފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތެކެވެ. ކީރިތި ވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.  

(وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ) މާނައީ: "ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން