ދަތި އުނދަގޫ ޙާލަތުން އަރައިގަނެ އުފާވެރިކަން ހޯއްދަވަން މިފަދަ ދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދަތި އުނދަގޫ ޙާލަތުން އަރައިގަނެ އުފާވެރިކަން ހޯއްދަވަން މިފަދަ ދުޢާ ކުރައްވާ!

ބައެއް މީހުން ވަގުތުތައް ހޭދަކުރަނީ ކުރާނެ ރަނގަޅު ދުޢާއެއް ހޯދުމުގައެވެ. އެކަމަށް ގިނަ ދުވަސްތަކެއް އެބަހޭދަކުރެއެވެ. ކީރިތި ޤުރްއާނާއި ސުންނަތުގައިވާ ދުޢާތައް ހޯދުމަކީ ކުރަން ރަނގަޅު ކަމެކެވެ. ނަމަވެސް ބުނެލަން އޮތީ ދުޢާއެއް ނުފެނިގެން އެންމެ ހިނދުކޮޅެއްވެސް ބޭކާރުނުކުރާށެވެ. ދުޢާނުކޮށް ލަސްނުކުރާށެވެ! އެމީހަކަށް އެނގޭ ޢިބާރާތަކުން ދުޢާކުރަން އަވަސްވެގަންނާށެވެ!  

ތިމާގެ ކިބައިގައި ބަސްމޮށުންތެރިކަން ހުރި މިންވަރާއިމެދުވެސް ކަންބޮޑުނުވާށެވެ! އެމީހެއްގެ ހުރި ފެންވަރު އެމީހާއަށްވުރެ މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ދިރިއުޅުމުގައި މައްސަލަތައް ގިނަވެ ހިތްދަތި ޙާލަތެއް މެދުވެރިވެފައިވާނަމަ އެކަންކަމުން އަރައިގަނެވޭނެ މަގެއް ދައްކަވައިދެއްވެވުން އެދި މިފަދައިން ދުޢާކުރެއްވުން ކީއްތޯއެވެ! ކުރިމަތިވާ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ! މީސްތަކުންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރުމެވެ.  

ޔާ ﷲ! މިއަޅާ ކުރާ އަޅުކަން ގަބޫލުފުޅުކުރައްވަވާނދޭވެ! މިއަޅާއަށް ކުރިމަތިވެފައިވާ  މައްސަލަތައް ޙައްލުކުރެވޭނެ މަގެއް ދައްކަވައިދެއްވަވައިފާނދޭވެ! މިއަޅާގެ ދިރިއުޅުމަށް އުފާވެރިކަން މިންވަރުކޮށްދެއްވަވާނދޭވެ! އަދި މިއަޅާއަށް ދަތި އުނދަގޫ އެންމެހައި ކަންކަން ފަސޭހަކުރައްވަވައި ދެއްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން