ކޮންމެ އަހަރަކު 2 އަހަރު ދުވަހު ރޯދަހިފި މީހަކަށް ވެވެން އޮތް ފަސޭހަ މަގު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކޮންމެ އަހަރަކު 2 އަހަރު ދުވަހު ރޯދަހިފި މީހަކަށް ވެވެން އޮތް ފަސޭހަ މަގު

ފުރަތަމަ ކަމަކަށް ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށުމުން 6 ދުވަހު ރޯދަހިފައި ކުރިއަށް އޮތް އަހަރުގެ ހުރިހާ ދުވަހަކު ހިފިކަމުގެ ޘަވާބު އެބަ ލިބިގަންނަމުއެވެ. މިބަޔާންކުރަނީ އެއަށްފަހު އަދިވެސް އިތުރު އެއްއަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަނެވެން އޮތް ފަސޭހަމަގެކެވެ. ޢަމަލުކުރުމުން 2 އަހަރު ރޯދަހިފިކަމުގެ ޘަވާބު ޙާޞިލްކުރެވޭނެއެވެ. އިން ޝާ ﷲ  

ހިޖުރީ ކަލަންޑަރުގެ ކޮންމެ މަހެއްގެ 13،14،15 3 ދުވަހު ރޯދަ ހިފާ މީހަކަށް އިތުރު 1 އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! މި 3 ރޯދައަކީ ބޭނުންނަމަ މުޅި މަހަށް ބަހާލައިގެންވެސް ހިފިދާނެ 3 ރޯދައެވެ. އަދި އެއިރުން އެމީހަކަށް މުޅި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް އެހުރެވެނީ ރޯދައަށެވެ!  

ކޮންމެ ހަފްތާއެއްގެ ޙޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާމީހުންނަށް ކޮންމެ މަހަކުވެސް ދާނީ 8 ރޯދަ ހިފެމުންނެވެ. ހިފާ ކޮންމެ ރޯދައަކަށް އެމީހަކާއި 70 އަހަރުގެ ރާސްތާއަށް ނަރަކަ ދުރުކުރައްވަވާނެކަން އެއީ ދޫކޮށްލަން ހެޔޮވާނެ ނިޢްމަތެއް ހެއްޔެވެ؟  

މީގެ 5 އަހަރުކުރިން އެކުވެރި ޒުވާނަކަށް އާދޭސްކޮށްގެން މަހަކު 3 ރޯދަ ހިފަންފެށިއެވެ. މިހާރު އެޒުވާނާއަކީ މަހަކު ހިފާހިތުން 11 ރޯދަ ހިފާ މީހެކެވެ. އެއީ ކޮންމެ ހޯމަ، ބުރާސްފަތި ދުވަހަކާއި މަހުގެ 3 ރޯދައެވެ. ނުހަނު ފަސޭހައިން ގާތްގަނޑަކަށް ދެދުވަހުން އެއް ދުވަހު ރޯދަހިފެނީއެވެ. ކޮންމެ ހެޔޮއަމަލަކީވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން ފެށުމުން ކުރާހިތުން ކުރަން ދެވިހިފާކަމެވެ.   

3 ރޯދަހިފުމާއި ގުޅޭ ޑރ. ޒާކިރް ނައިކުގެ ވީޑިއޯއެއް:

މިއަދު އޮންލައިން