މުޖުތަމަޢު އިސްލާޙް ކުރުމަށް ތަފާތުކުރުންތައް ނައްތާލުން-

ކިޔުމަށް ހޭދަވާނީ 2މ 50ސ
މުޖުތަމަޢު އިސްލާޙް ކުރުމަށް ތަފާތުކުރުންތައް ނައްތާލުން-

ޢާއިޝަތު ރަފާޙް ޢަލީ

 

މުޖުތަމަޢުގަޢު އިސްލާޙް ކުރުމަށްޓަކައި ތަފާތުކުރުންތައް ނައްތާލައި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

އެގޮތުން ޢަދުލުވެރިކަން ޤާއިމްކުރުމާއި، މީހުންގެ ޙައްޤުތައް އަދާކުރުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މުޖުތަމަޢު އަމަންއަމާންކަން ޤާއިމްވެގެން ދާނެ ކަމަކަށް ވާތީއެވެ. އަދި މީހުންގެ މެދުގައި އެއްބައިވަންތަކަމާއި ޢަދުލުވެރިކަން ޤާއިމްވެގެންދާނެތީއެވެ. 

ﷲ ތަޢާލާ ޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ﴿١٣﴾‏

މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. (13)" 

މީގެ އިތުރުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙައްޖަތުލް ވަދާޢުގެ ޚުތުބާގައި އަލިއަޅުއްވާލެއްވި ކަންކަމުގައިވެއެވެ. އެއީ އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، ތަޤްވާވެރިކަމުގެ މުހިއްމުކަމަށާއި، އިސްލާމްދީނުގެ މައިގަނޑު އަސްލުގައި ބާރަށް ހިފުމަށާއި، އިޤްތިސާދީ މާލީ ޢަދުލުވެރިކަން ހިފަހައްޓާދޭނެ އުސޫލުތަކާއި، އިންސާނީ ސުލޫކު އިސްލާޙުކޮށް ތަޙްޒީބުކުރުމުގެ އުސޫލްތަކާއި، ޖާހިލިއްޔަ ޒަމާނުގައި އައިސްފައިވާ ކަންކަން ބާތިލުކުރެއްވާ،ފިރިން އަނބިންނަށް އިޙްސާންތެރިވުމަށާއި، އަނބިން ފިރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށްވެސް އެކަލޭގެފާނު މި ޚުތުބާގައި އަންގަވާފައިވެއެވެ.  

މިއަދު އޮންލައިން