ދުނިޔެއާ އާޚިރަތް އެދޭނަމަވެސް ފުރަތަމަ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވާން މަސައްކަތްކުރާނަމަ މީސްތަކުންގެ ލޯބި ހޯދަން ކަމެއްކުރާކަށްވެސް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދުނިޔެއާ އާޚިރަތް އެދޭނަމަވެސް ފުރަތަމަ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވާން މަސައްކަތްކުރާނަމަ މީސްތަކުންގެ ލޯބި ހޯދަން ކަމެއްކުރާކަށްވެސް ނުޖެހޭނެ! އިން ޝާ ﷲ

އެމީހެއްގެ ކިބައިގައި އިސްލާމްދީނަށް ލޯބިކޮށް މާތް ﷲ އަށް ބިރުވެތިވުން ހުރި މިންވަރަކުން މެނުވީ އެއްވެސް މީހަކަށް އެއްވެސް މަތިވެރިކަމެއް ނެތެވެ! މީސްތަކުންގެ ރުހުމާއި ތާއީދު ހޯދަން ކިތަންމެ ގިނަ ކަންތައްތަކެއް ކުރިނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ނެތް ނަމަ އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މަތިވެރިކަމެއް ހުރި މީހެއް ނޫނެވެ"

ތަޢާލާގެ ޙަޟްރަތުގައި މާތްކަމާއި، ޢިއްޒަތާއި، ޤަދަރުގެ ނާރެހަކީ ތަޤްވާއެވެ. ޝަރަފާއި ޢިއްޒަތް ޙާޞިލްވުމުގައި ކަޅެއް ދޮނެއް، ޢަރަތްބެއް، ޢަޖަމީއެއް ފަރަޤުކުރުމެއް ނުވެއެވެ. އަދިކިއެއްތަ؟ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ އަޅަކަށް މީސްތަކުންގެ ލޯބި ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ. އެކަމަށް އެދިގެން މަސައްކަތް ނުކުރިނމަވެސްމެއެވެ.  

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ ، وَلَا لِأَحْمَرَ عَلَى أَسْوَدَ ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى)   މާނައީ: "ދަންނާށެވެ! ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް (އެބަހީ: ޢަރަބި ނޫން މީހެއްގެ މައްޗަށް) މޮޅުކަމެއް، އަދި ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް ވެސް މޮޅުކަމެއް ލިބިގެންނެއް ނުމެ ވޭމެއެވެ. ތަޤްވާވެރިކަމުން މެނުވީއެވެ."  

ކީރިތިވަންތަ ﷲ ވަޙީކުރެއްވިއެވެ. (إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌމާނައީ: "ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރު ވަންތަ ރަސްކަލާނގެއެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން