ތަބާރަ ސޫރަތް (އަލް މުލްކު ސޫރަތް) ރޭގަނޑު ކިޔެވުމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކުރައްވަވާނެ ކަމެއްކަމަށް ޙަދީޘްފުޅުގައި އޮތުމުން ކިޔަވަން ނުއެނގޭ މީހަކު އަޑުއެހުމުން ފުދޭނެތޯ؟
ސުވާލުގެ ޖަވާބަކީ ހަދީޘްފުޅުގައި އޮތީ ކިޔެވުމަށެވެ. ވީމާ އަޑުއެހުމަކުން ނުފުދޭނެއެވެ. ހަމައެކަނި އަޑުއަހައިލުމަކުން ކިޔެވުމާއި އެއްވަރަށް ޘަވާބު ދެއްވަވާނެކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
ކީރިތި ޤުރްއާން، ސަމާލުކަންދީގެން އަޑުއެހުމަކީވެސް ޘަވާބު ދެއްވަވާ ކަމެކެވެ. ނަމަވެސް ޙަދީޘްފުޅުގައިވާ ޘަވާބު ލިބޭނީ ކިޔެވުމުންނެވެ. ކިޔަވަން ނުއެނގޭނަމަ އޮތީ ދަސްކުރުމެވެ. ދަސްކުރަން މަސައްކަތްކުރާށެވެ.
ތަބާރަ ސޫރަތް ކިޔަވާ މީހަކަށް ފާފަފުއްސަވައިދެއްވަވައިފުމަށްދާންދެން އެމީހަކަށް ޤިޔާމަތްދުވަހު އެސޫރަތް ޝަފާޢަތްތެރިވާނެކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/228366/ruling-on-listening-to-surat-al-mulk-before-sleeping