އެއްވެސް މީހަކީ ތަޅުލެވިގެންހުރި މީހަކަށްވެގެންނުވާނެއެވެ. އިންސާނަކަށް ލިބެންޖެހޭ ޙައްޤުތަކަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެ ޙައްޤުތައް ލިބެންވެސް ޖެހޭނެއެވެ. ވީމާ ތިމާ ހިތް ނުއެދޭ ކަންކަން ކުރިމަތިކުރުވާނަމަ ނޫނެކެވެ ބުނުމުގެ ޙައްު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.
މައްސަލައަކަށްވަނީ ބޭނުންވާ ފެހިކާޑު ނުލިބި ގެއްލިދާނެ ކަމުގެ ބިރަށް ނޫނެކެވެ ބުނަން ނުކެރި ފަސްޖެހެވޭ ކަމެވެ. އެއިރުން އެކަންވާނީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ނިކަމެތިކަމަކަށެވެ. އެޙާލަތުގައި ނޫނެކެވެ ބުނެ ރަތްކާޑު ދައްކަން ކެރެންވާނެއެވެ.
ތިމާ ކޮންމެ ކަމެއް ކުރިނަމަވެސް ކޮންމެ ގޮތަކަށް އުޅުނުނަމަވެސް ތިމާއަށް ރަތްކާޑު ނުދައްކާނަމަ އެމީހަކު ހުންނާނީ ކަންބޮޑުވުމެއް ނެތިއެވެ. ކުރާނީ ކުރާނެ ކަމެކެވެ. އުޅޭނީ އުޅޭނެ ގޮތަކަށެވެ.
އަނެކާއަކީ ތިމާދެކެ ޙަޤީޤީ ލޯބިވާ މީހަކުނަމަ އެމީހަކަށް ރަތްކާޑު ދެއްކީމާ އެކާޑު ކެންސަލްކުރުވަން މަސައްކަތްކުރާނެއެވެ. އެކަމަށް މަސައްކަތްނުކުރާނަމަ އެމީހަކީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ ރަތްކާޑާއިއެކު ދަނޑުން ބޭލިގޮތަށް ދަނޑުން ބޭރުގައި ބެހެއްޓުމެވެ. ދަނޑަށް އަރަން ފުރުޞަތު ނުދިނުމެވެ.