އަނބިމީހާ ފިރިމީހާގެ ބަސް ޤަބޫލުނުކުރާނަމަ ޢަމަލުކުރަންވީ ކިހިނަކުންތޯ؟
ފުރަތަމަކަމަކަށް ފިރިމީހާ، އޭނާގެ ވާޖިބްތައް އަދާކުރާށެވެ! އެއިގެ ތެރޭގައި ޚަރަދުކުރުމުގެ އިތުރުން ލޯބިދިނުމާއި އަޅައިލުންވެސް ހިމެނެއެވެ.
ދެވަނަކަމަކަށް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްދީ އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭކަން ބަޔާންކޮށްދޭ ޙަދީޘްފުޅުތައް ކިޔައިދޭށެވެ.
ތިންވަނަ ކަމަކަށް ކަމުގެ ތަޖުރިބާހުރި، ރަނގަޅު ދީނީ ޢިލްމުވެރިއެއްގެ އެހީތެރިކަން ހޯދައި އޭނާ މެދުވެރިކޮށް ނަޞޭޙަތްދޭށެވެ.
އެވަރުންވެސް އިޞްލާޙް ނުވާނަމަ ޢާއިލާގައި ތިބި ހެޔޮލަފާ ތަޖުރިބާހުރި، ޢާއިލީ ޒިންމާ އަދާކުރާ، ބައިވެރިޔާއާއިއެކު ލޯބިން ދިރިއުޅޭ މީހެއްގެ އެހީތެރިކަން ހޯދާށެވެ. އޭނާ ލައްވައިވެސް ނަޞޭޙަތްދޭށެވެ.
އަދަބު ދިނުމާއި ހަރުކަށި ފިޔަވަޅުތައް އަޅަންވާނީ މިއިން އެއްވެސް މަގަކުން ގޮތެއް ނުފެނިއްޖެނަމައެވެ. އިސްލާމް ދީނަކީ ނަޞޭޙަތުގެ ދީނެވެ. ވީމާ ފުރަތަމަކަމަކަށް ނަޞޭޙަތްދިނުން ހަދާށެވެ.
- މަޢްލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމް