ތިމާއާއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ދެނެގަތުމަށް ބެލިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާއާއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ދެނެގަތުމަށް ބެލިދާނެ ބައެއް ކަންކަން-

އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ އެމީހެއްގެ ކިބައިން ފެންނާނެ ބައެއް ކަންތައްތަކާއި އެމީހަކަށް އިޙްޞާބްކުރެވޭނެ ބައެއް ކަންކަން ބުނެލާނަމެވެ. 

ފުރަތަމަ ކަމަކަށް ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ އިޙްޞާޞް ކުރެވި އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ. ކަމެއް ކުރިމަތިވިނަމަވެސް ހާސްވެ ތެޅިފޮޅިގަނެވުން ކުޑަވާނެއެވެ. އެކަމަކުން ﷲ ތަޢާލާ ތިމާ ސަލާމަތްކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ޘާބިތުވެ ހުރެވޭނެއެވެ. 

ދެވަނަ ކަމަކީ ކުރެވޭ އަޅުކަން އިތުރުކުރަން މަސައްކަތްކުރެވޭނެއެވެ. އަބަދުވެސް އުޅެވޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ މަދުން އަޅުކަންކުރެވުމެވެ. 

ތިންވަނަ ކަމަކަށް ﷲ ތަޢާލާގެ މަގުގައި ކުރިއަށްދާން ފަސްޖެހޭ، އަޅުކަންކުރުމާއި ދުރެހެލި މީހުންނާއި އެކުގައި ވުމަކަށް ނުއެދޭނެއެވެ. ކުރިން ގެންގުޅެވުނު އެފަދަ އެކުވެރިންނާއި ދުރުހެލިވެވޭނެއެވެ. ކުރިން އެފަދަ މީހުންނާއިއެކު ބޭރަށް ގޮސް އުޅެވިފައިވީނަމަވެސް އިތުރަށް އެމީހުންނާއިއެކު ވަޤުތު ހޭދަކުރާކަށް ބޭނުމެއް ނުވާނެއެވެ. 

ހަތަރުވަނަ ކަމަކީ އެކަމަކަށް ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ލޯބިފުޅުކުރެއްވެވި ހުރިހާ ކަމަކަށް ލޯބިކުރެވެން ފަށާނެއެވެ. އެހެނީ އިތުރުއެކަލޭގެފާނު ލޯބިފުޅު ކުރެއްވެވީ އެކަންކަމަށް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާ ކަންކަމަށް ކަމުގައިވާތީއެވެ. އަދި އެކަން އެގޮތަށް ކުރެއްވެވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމުގައިވާތީއެވެ. 

ކޮންމެ މީހަކަށްވެސް މިކަންކަން ޙާޞިލުކުރެވި މިމަތިވެރި ދަރަޖައަށް ދެވޭނީ އެކަމަށް މަސައްކަތްކޮށްގެންނެވެ. އެދަރަޖައަށް ދެވުމުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި އެމީހަކު ހުންނާނީ ސީދާވެގެންވާ ތެދުގައެވެ. ޘާބިތުކަންމަތީގައެވެ. އެއިރުން އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން