އިސްލާމް ދީނަކީ އެންމެންނަށް އަދި ހުރިހާ ވަޤުތެއްގައިވެސް މަރުޙަބާކިޔާ ދީނެވެ! މީސްތަކުން މާޔޫސްކުރުވާ ދީނެއް ނޫނެވެ. މުސްލިމެއްގެ ނަމުގައި ހުރެ ނަމާދުނުކޮށް އަދި ފަރުޟް ރޯދަ ނުހިފައި އުޅެފައިވީނަމަވެސްމެއެވެ.
މިޘާލަކަށް: އެއްގޮތަކަށް ރޯދަނުހިފާ ނަމާދުނުކޮށް އުޅުނު މީހަކަށް ވިސްނި މިހާރު ބޭނުންވަނީ އިސްލާހުވެ ކުރިޔަށް އޮތް ރޯދަމަހުގެ ޘަވާބާއި ދަރުމަ ލިބިގަންނާށެވެ! ފަރުޟޫ ރޯދަތަކެއް ދޫކޮށްލެވިފައިވާއިރު ސުންނަތް ރޯދަ ހިފަން ފެށިދާނެތޯ؟
ޖަވާބަކީ: ލައްބަ! ހިފިދާނެ! ކުރިން އޭނައަކީ ނަމާދު ނުކުރާމީހަކަށް ވީތީވެ އޭރު ދޫކޮށްފައިހުރި ރޯދަތައް ޤަޟާ ކުރާކަށް ނުޖެހޭނެ. އޭގެ ބަދަލުގައި ޝަހާދަތްކިޔާ އިސްލާމްވެ ކުރީގައި ކުރެވުނު ކަންތަކަށް ތަޥްބާވެހެޔޮ ޢަމަލު ކުރުން ގިނަކުރާނީ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް