މުޖުތަމަޢު އިސްލާޙް ކުރުމަށް: ދަރިންނަށް ދީނީ ޢިލްމުގެ މުހިއްމުކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
މުޖުތަމަޢު އިސްލާޙް ކުރުމަށް: ދަރިންނަށް ދީނީ ޢިލްމުގެ މުހިއްމުކަން

ޢާއިޝަތު ރަފާޙް ޢަލީ

 

ޢިލްމު އުނގެނުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. އެގޮތުން ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ފަސް އާޔަތް ބާވައިލެއްވުނީ ޢިލްމާއި ބެހޭގޮތުންނެވެ. ޢިލްމަކީ މުޖުތަމަޢު އިސްލާޙް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއްދޭ އެއް ކަންތަކެވެ.  

ﷲ ތަޢާލާ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ 

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)" 

ޙަޤީޤަތުގައި މުސްލިމުންނަށް ދިމާވެފައިވާ ވެއްޓުމަކީ ނުވަތަ މުސްލިމުން ދަށަށް ދިޔުމުގެ ސަބަބަކީ މުސްލިމުންގެ ތެރެއަށް ޖާހިލުކަން ފެތުރިގެން ދިޔުމާއި، ހުޅަނގުގެ ވިސްނުންތަކަށް ތަބާވުމެވެ. އެގޮތުން ޙަރާމް ކަންކަން ޙަލާލް ކަންކަން މިޒަމާނުގެ ކުދީންނަށް ނޭނގެއެވެ. ދީނުގެ ވާޖިބު ކަންކަމެއް ނޭނގެއެވެ. ދީނުގެ ޢިލްމު ނޭނގި ފިކުރީ ހަނގުރާމައިގެ ތެރޭގައި އެކުދީން ބޮޑުވަމުންދެއެވެ. 

މުސްލިމުން އެއްބައިވަންތަވެ މުސްލިމުންގެ ޙަޟާރާތް ހޯދާފައިވާ ކުރިއެރުންތައް ކާފަރުން ނައްތާލަން ބޭނުންވެއެވެ. އިސްލާމުންގެ ކުރިއަރާފައިވާ ޙަޟާރަތަށާއި، ހޭލުންތެރިކަން ނައްތާލުމަށް އެކިގޮތްގޮތުން އެމީހުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ. މިގޮތުން ޒުވާނުންނަކީ ކުޅިވަރާޢި މަޖަލުގައި، ގޭމު ފަދަ ތަކެތީގެ ވަގުތުތައް ހޭދަކުރާ ބަޔަކަށް ވަނީ ވެފައެވެ. ޢިލްމު ހޯދުމަށް ޝައުގުވެރިކަމެއް ނުހުރެއެވެ. ޚާއްސަކޮށް ދީނީ ޢިލްމު ހޯދުމަށް ޝައުގުވެރިކަން ގިނަ ކުދީންގެ ނުހުރެއެވެ.  

ﷲ ތަޢާލާ ނިސާ ސޫރަތުގެ 69 އަދި 70 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا ﴿٦٩﴾‏ ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ وَكَفَىٰ بِٱللَّهِ عَلِيمًا ﴿٧٠﴾‏

މާނައީ: "اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. (69) އެ فضل ވަންތަކަން ވަނީ، اللَّه ގެ حضرة ންނެވެ. މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ފުދެއެވެ. (70)"

މިއަދު އޮންލައިން