ވިތުރިކުރަން ހުއްޓާ ވިތުރިކޮށް ނުނިމެނީސް ފަތިސް ނަމާދު ބަންގި ގޮވިޔަސް ވިތުރިކޮށް ނިންމާލާނީތޯ އެވެ. މިޙާލަތުގައި ވިތުރިކުރި ކަމުގެޘަވާބު ލިބޭނެތޯ އެވެ. އަދި ކުރި ވިތުރި ސައްހަވާނެ ތޯއެވެ؟
- ވިތުރި ސައްޙަވާނެއެވެ. ޘަވާބުވެސް އުނިނުވެ ލިބޭނެއެވެ. އިން ޝާ ﷲ. 3 ވަނަ ރަކްޢަތް ނުފެށެނީސް ބަންގިގޮވައިފިނަމަ ޟުޙާނަމާދުކުރާއިރު ޢާންމުކޮށް ކުރާވަރަށްވުރެ އިތުރަށް 2 ރަކްޢަތްކުރާށެވެ. މިޘާލަކަށް ޢާންމުކޮށް 2 ރަކްޢަތްކުރާނަމަ 4 ރަކްޢަތްކޮށްލާށެވެ!
އޮތްތަނުން ނުތެދުވެވޭ މީހެއް ނަމާދުކުރަން ވުޟޫ ކުރާނީ ކިހިނެތް؟
ޖަވާބަކީ އެހީތެރިޔަކު ވުޟޫގެ ގުނަވަންތަކުގައި ފެން ހާކާލަ ދޭނީއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް