ފިތުނައިގެ ހަމައެކަނި މާނައަކީ މީހުން ދައްކާ ވާހަކަތަކުން، ނުވަތަ ހަދާ ދޮގުތަކުން އުފެދޭ ފިތުނައެއް ނޫނެވެ. އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރުން ގިނަވެ ފެތުރިގެން ދިއުމަކީވެސް ހަަމ ފިތުނަ ފެތުރިގެންދިއުމެވެ. އެކަންކަން ޢާންމުވެފައިވާވަރު ބޮޑުކަމުން ކޮންމެހެން ގެއިން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުންނަ މީހުން މިހާރުވެސް އެބައުޅެއެވެ.
ބޭރު ރަށަކަށް ނުވަތަ ޤައުމަކަށް ހިޖުރަކޮށްފިނަމަ ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް ބޮޑުވާނެކަން އެނގިތިބެމެ ހިޖުރަކުރަމުން ގެންދާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ. އެއީ އެމީހުންނާއި އެމީހުންގެ އަނބިދަރިން ފިތުނައިން ސަލާމަތްވެތިބުމަށެވެ.
ދުނިޔޭގައި އެމީހަކު އުޅޭނެ ޒަމާން ކަނޑައަޅަނީ އެމީހަކު އަމިއްލައަކަށް ނޫނެވެ. ވިސްނަންޖެހޭނެ ކަމަކީ ކޮންމެ ޒަމާނެއްގައި ދުނިޔޭގައި އުޅެންޖެހުނަސް ތިމާ އާއި ތިމާގެ ޢާއިލާ ފިތުނައިން ސަލާމަތްވެތިބެން މަސައްކަތްކުރަންޖެހޭނެ ކަމެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށް އެކަމަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ފިތުނަތަކުން ސަލާމަތްވުމަށްޓަކައި މީސްތަކުން އެމީހުންގެ މުދައުކޮޅު ހިފައިގެން އެކަހެރިވާނެކަމާއި ފަރުބަދަތަކުގެ ކުރިއަށް އަރައި ރައްކައުތެރިކަން ހޯދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި އެޒަމާން ދާދި ގާތްވެއްޖެކަންވެސް ޙަދިޘްފުޅުން އެނގެން އެބައޮތެވެ!
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ، يَفِرُّ بِدِينِهِ مِنَ الْفِتَنِ ".
Narrated Abu Said Al-Khudri:
Allah's Messenger (ﷺ) said,
"A time will soon come when the best property of a Muslim will be sheep which he will take on the top of mountains and the places of rainfall (valleys) so as to flee with his religion from afflictions."
|
Sahih al-Bukhari 19 |
|
|
In-book reference |
: Book 2, Hadith 12 |
މިޙަދީޘްފުޅުން އެނގިގެންދަނީ ފިތުނަތަކުން ސަލާމަތްވުމަށްޓަކައި މީސްތަކުން އެމީހުން ގެންގުޅޭ ކަންބަޅި ބަކަރި ފަދަ ތަކެތި ހިފައިގެން ފަރުބަދަތަކުގެ ކުރިއަށް އަރައި އެކަންތަނުގައާއި ފެންފޮދު ފަސޭހައިން ލިބޭ ވާދީތަކުގައި ދިރިއުޅޭނެ ކަމެވެ. މީގެ 1400 އަހަރުކުރިން ރަސޫލާ ﷺ ޙަދިޘްފުޅު ކުރައްވަވާފައި އެއޮތީ އެޒަމާން ދާދިގާތްވެއްޖެ ކަމަށެވެ.
އެއީ އެޒަމާނުގައި މީސްތަކުން ގެންގުޅުނު އަގުބޮޑު މުދަލަކީ ކަންބަޅުބަކަރި، ބަކަރި، ޖަމަލު ފަދަ ތަކެތި ކަމަށްވުމުން ކަމުގައިވެދާނެއެވެ. މިއަދު ގެންގުޅެނީ ރަނާއި ފައިސާ އާއި އެނޫންވެސް ތަކެތިކަމަށްވެދާނެއެވެ. އެނގިގެން މިދަނީ މުދަލުގެ ގޮތުގައި ގެންގުޅެނީ ކޮންމެ އެއްޗެއް ނަމަވެސް ފިތުނަތަކުން ސަލާމަތްވުމަށްޓަކައި އެއެއްޗެއް ހިފައިގެން މީސްތަކުންނާއި އެކަހެރިވާނެ ކަމެވެ.
މިޙަދީޘްފުޅުގައިވާ ފިތުނައިގެތެރޭގައި މީހުންމެރުމާއި ވައްކަންކުރުމާއި ޙަރާމްކަންކަން ކުރުމާއި އިސްލާމް ދީނުގައި ސާބިތުވެ ހުރުމާއި ނުބައި، ނުރައްކައުތެރި ކަންކަމުން ތިމާއާއި އަނބިދަރިން ސަލާމަތްކުރުން ވަނީ ހިމެނިގެންނެވެ.
- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު