ކުޑަދަރިފުޅު ވިހެއުމުން ދަރިފުޅުގެ ކުލައާ ސިފައަށް ފާޑުނުކިޔާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކުޑަދަރިފުޅު ވިހެއުމުން ދަރިފުޅުގެ ކުލައާ ސިފައަށް ފާޑުނުކިޔާށެވެ!

އެކުވެރިއަކު ނުވަތަ ޢާއިލާގެ މީހަކު ވިހެއުމުން ގޮވާލަންދިއުމަކީ ޢާންމުކަމެކެވެ. އެއީ ކުރަން ރަނގަޅުވެސް ކަމެކެވެ. އަދި ހަދިޔާދީ އެހީތެރިވުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. ނަމަވެސް ޙާލުބަލައިލަން ނުވަތަ އަނެކާއަށް ލިބުނު އުފާވެރިކަމުގައި ބައިވެރިޥާން ގޮސްތިބެވެސް ކޮށްގެން ނުވާނެ ބައެއް ކަންކަން އެބަކުރެވެއެވެ. 

ކުޑަދަރިފުޅު ވިހެއުމުން އެކުއްޖާ ވައްތަރީ މީނަޔާއޭ  އޭނަޔާއޭ ބުނެއެވެ. އެކަން އެކިފަހަރުމަތިން ތަކުރާރުވެސް ކުރެއެވެ. އަދި ވަރަށް ކަޅުކުއްޖެއް ނޫނީ ދޮންކުއްޖެއް ކަމަށްވެސް ބުނެއެވެ. މިފަދަ ބަސްތައް ބުނުމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅަށް ވިސްނައިލަމާތޯއެވެ. 

"މިވެނި މީހަކާ ވައްތަރޭ ކިޔުމަކީ މައްސަލައެއްނޫނެވެ.، ނަމަވެސް ކަޅުކުއްޖެކޭ ދޮންކުއްޖެކޭ ކިޔާ ކުއްޖާގެ މައިންބަފައިންގެ ހިތުގައި ޖެއްސުން އެއީ ރަގަޅު ކަމެއްނޫނެވެ. ކަޅުވުމަކުން ނުވަތަ ދޮންވުމަކުން އޭގެ ޒާތުގައި ކުރާނެ ފަދަ އެއް ނޯންނާނެއެވެ."

މީހަކަށް ދަރިއަކު ލިބިއްޖެނަމަ ސިފައާއި ވައްތަރު ކިޔަމެއް ނެތެވެ. އޮތީ ހެޔޮދުޢާކުރުމެވެ. އެގޮތުން ކުއްޖާއަށާއި މައިންބަފައިންނަށް ހެޔޮދުޢާކުރާށެވެ. އެކުއްޖާއަކީ ތަޤްވާވެރި ހެޔޮލަފާ ކުއްޖަކުކަމުގައި ލެއްވެވުމަށް އެދި ދުޢާކުރާށެވެ. އެކުއްޖާއަށް މައިންބަފައިންނާއި އެންމެންގެ ލޯބި ދެއްވެވުމމަށްވެސް އެދޭށެވެ. 

بَارَكَ اللَّهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ  

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/205068/dua-for-new-born-baby

މިއަދު އޮންލައިން