މައިމީހާއަށް ޚިދުމަތްކޮށްގެން ސުވަރުގެ ލިބިގަތުމަށް ފަސްޖެހޭ މީހުންނަށް ޝައިޚް މާޖިދު މަޙްމޫދު ކުރައްވާ ސުވާލަށް ޖަވާބު ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މައިމީހާއަށް ޚިދުމަތްކޮށްގެން ސުވަރުގެ ލިބިގަތުމަށް ފަސްޖެހޭ މީހުންނަށް ޝައިޚް މާޖިދު މަޙްމޫދު ކުރައްވާ ސުވާލަށް ޖަވާބު ދެއްވާ!

ޝައިޚް މާޖިދު މަޙްމޫދުގެ ސުވާލަކީ "ގޭގައި އިން މަންމައަށް ޚިދުމަތްކޮށްގެން ސުވަރުގެ ވަދެވެން އޮއްވައި ޙައްޖަށްދާނެ ފައިސާ އަތުގަ ނެތިގެން ކަންބޮޑުވެގެން ތިއައުޅެނީ ކީއްވެހެއްޔެވެ؟" ޖަވާބު ދިނުމަށްޓަކައި ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކު އަބދުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅޭ އެއްކަމަކީ ޙައްޖަށްދާނެ ފައިސާ އަތުގައި ނެތުމެވެ. ޙައްޖަށް ނުދެވިގެންނެވެ. ރަނގަޅެވެ. ޙައްޖުވުމަކީ އަދާކުރަންޖެހޭ ފަރުޟެކެވެ. ނަމަވެސް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއަށެވެ. ކުޅަދާނަކަން ނެތް މީހުންގެ ޙާލަތު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ޙައްޖަށްދާން އެވަރަކުން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ ސުވަރުގެ ދިއުމުގެ ބޭނުމުގައި ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ސުވަރުގެ ދިއުމަށްޓަކައި ގޭގައި އިން މަންމައަށް ޚިދުމަތްކުރަން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ މަންމައަށް ޚިދުމަތްކޮށްގެން ސުވަރުގެ ވަންނަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ބަލަ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރި ޢަމަލެއްކަން އެނގެން ނެތީހެއްޔެވެ؟ ޖިހާދަށް ދާން އުޅުނު ޒުވާން ޞަޙާބީއަކު ހުއްޓުވައި މައިމީހާގެ ޚިދުމަތަށް ފޮނުއްވެވިކަން ހަނދާންނެތީހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއީ ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ. އަހުރެން ހަނދާންކޮށްމިދެނީ އިސްލާމްދީނުގައި މައިންބަފައިންނަށް، ޚާއްޞަކޮށް މައިންނަށް ދެއްވަވާފައިވާ މަތިވެރި ޤަދަރުގެ ވާހަކައެވެ. އެމީހުންނަށް ޚިދުމަތް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމެވެ.

 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން