އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވީމަ ދެއްވަވާ ނޫރު ލިބިގަތުމުގެ އިތުރުން ވަރަށް ބޮޑު ފައިދާއެއް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވީމަ ދެއްވަވާ ނޫރު ލިބިގަތުމުގެ އިތުރުން ވަރަށް ބޮޑު ފައިދާއެއް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ގޮތެއް!

ހުކުރު ދުވަހު ކަހްފިސޫރަތް ކިޔަވަން އެންމެ ފަސޭހަ އަދި އިތުރު ވަރަށް ބޮޑު ފައިދާއެއް ޙާޞިލްކުރެވެން އޮތް ގޮތެއް ބުނެލާނަމެވެ.

އެގޮތަކީ ހުކުރުވިލޭރޭގެ ފަތިސްނަމާދު ޖަމާޢަތުގައިކޮށް އަދި ޛިކުރުތައް ކިޔައިލުމަށްފަހު ކިޔެވުމެވެ. ކިޔަވާ ނިމޭއިރު ހުންނާނީ އިރުއަރަން ވަރަށް ގާތްވެފައެވެ. އިރު ލޮންސިއެއްގެ މިންވަރަށް އަރަންދެން (15 މިނިޓް) ޛިކުރުކުރުންމަތީގައި (ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރެވެ.) މަޑުކޮށްލާފައި ޟުޙާ ނަމާދުގެ 2 ރަކްއަތް ކުރުމުން އެމީހަކަށް ޙައްޖާއި ޢުމްރާއެއްގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ހުކުރުދުވަހު ކުރަން އެންމެ ފައިދާހުރި އެއްކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ކަމަށްވާއިރު އެވަޤުތުގެ ބޭނުން ޞަލަވާތް ކިޔެވުމަށް ހިފުމަކީވެސް ވަރަށް ފައިދާހުރި ކަމެކެވެ.  

އަނަހެނުންނަށް ގޭގަ މުސައްލަމަތީގަ އިނދެގެންވެސް މިގޮތަށް ޢަމަލުކުރުމުން މިޘަވާބު ހޯދިދާނެއެވެ. ބަންގިދިނުމުން ފަތިސްނަމާދުކޮށް މުސައްލަމަތީގަ އިންނަންވީއެވެ. ފާޚާނާކުރަންޖެހުން ފަދަ ކަމަކަށް ތެދުވަން ޖެހުމަކީވެސް މައްސަލައެއް ނޫންކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ދެއްވަވާ ނޫރަކީ މައްނަވީ ނޫރެކެވެ. މާނައަކީ ލޮލަށް ނުފެންނަ ނޫރެކެވެ. އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ.  

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ ޙިއްސީ ނޫރެކެވެ. އޭނާގެ ފައިތިލައިގެދަށުން އެ ނޫރު ޤިޔާމަތް ދުވަހުގައި ފައުޅުވާން ހުންނާނެއެވެ. އަދި އެ ނޫރުގެ ސަބަބަބުން ދުނިޔެމަތީގައިވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން އައުމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިތަނުން އެންމެ ބޮޑަށް ފާހަގަކޮށްލަންވީ " އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ." އޮތް ބަސްފުޅަށެވެ.  ނަރަކައިން ސަލާމަތްކޮށްދިނުމަށް ބާރުއަޅައި ހެޔޮކަންތައްތައް ކުރުމަށް ބާރުއަޅާނަމަ އޮޓޮމެޓިކުންވެސް އެކަންވެގެންދާނީ އެމީހަކު ނަރަކއިން ސަލާމަތްކުރުމާއި ސުވަރުގެ ވައްދުވަން ބާރުއެޅުން ކަމުގައެވެ. އަންހެން/ ފިރިހެން މިކަމުގައި އެއްވެސް ތަފާތެއް ނެތެވެ! އެންމެންވެސް ކިޔަވައި، ކިޔެވުމުން ލިބޭ އެ މަތިވެރި ނޫރު ލިބިގަންނަން މަސައްކަތްކުރަމާތޯއެވެ!

މިއަދު އޮންލައިން