ކާމިޔާބުކަމާއެކު އުފަލުގަ ދިރިއުޅޭ ގިނަ ދެމަފިރިންގެ ކަންކަން ސޯޝަލް މީޑިއާއިން ނުވެސް ފެންނާނެ! ފެންނާކަށްނުވެސް ޖެހޭ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކާމިޔާބުކަމާއެކު އުފަލުގަ ދިރިއުޅޭ ގިނަ ދެމަފިރިންގެ ކަންކަން ސޯޝަލް މީޑިއާއިން ނުވެސް ފެންނާނެ! ފެންނާކަށްނުވެސް ޖެހޭ!: ޢުމަރު ސުލައިމާން

މިހާރަކަށް އައިސް ގިނަ ބައަކު އެމީހުންގެ ކަންކަން ސޯޝަލް މީޑިއާގައި ހާމަކުރެއެވެ. ދެމަފިރިންނަށް އުފަލުގައި އުޅެވޭނަމަ އެކަންވެސް ހާމަކުރެއެވެ. ހަމައެއާއިއެކު ބޮޑެތި މައްސަލަތަކުގައި އުޅެމުންވެސް ތިމަންނަމެންވެސް އުޅެނީ އުފަލުގައިކަމަށް ސޯޝަލް މީޑިއާގައި ދައްކާ ބައަކުވެސް އުޅެއެވެ. މިވާހަކަ ދައްކަން މިޖެހެނީ ސޯޝަލްމީޑިއާގައި ނުދައްކައި އުޅޭނަމަ އެބައަކު އެއުޅެނީ އުފަލުގައި ނޫންކަމަށް ޤަބޫލުކުރާ ހިސާބަށް އެއްބައެއްގެ ވިސްނުން ގޮސްފައިވާތީއެވެ.

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަހަރެމެންގެ ކައިވެންޏަށް 15 އަހަރުވެއްޖެއެވެ. އަހަރެންގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ، ވަރަށް ރަނގަޅު އަންބެކެވެ. ޢާއިލީ ކަންކަމުގެ އިތުރުން މިސްކިތުގެ މަސައްކަތްތަކުގައިވެސް ބައިވެރިވެއެވެ.

އަހަރެމެންގެ ދިރިއުޅުމުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހާމައެއް ނުކުރަމެވެ. ވީޑިއޯ އާއި ފޯޓޯތައް ޢާންމެއް ނުކުރަމެވެ. އެއިގެ މާނައަކީ އަހަރެމެންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ނުވުމެއް ނޫނެވެ. އަހަރެމެން އުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.

އަހަރެންގެ މަސައްކަތަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އަނބިމީހާގެ ކިބައިންނެވެ. ދީނަށް ދަޢުވަތުދޭން މިކުރާ ދަތުރުތައްވެސް ކުރެވެނީ އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭތީއެވެ.

ވީމާ ސޯޝަލް މީޑިއާގައި އިޝްތިހާރުނުކުރާތީ އެއްވެސް ދެމަފިރިއަކު ދިރިއުޅެނީ އުފަލުގަ ނޫންކަމަށް ހީނުކުރާށެވެ!

--އިމާމް ޢުމަރު ސުލައިމާން

 

މިއަދު އޮންލައިން