ޢުމުރުން ދުވަސްވުމުން ހަށިގަންނަ މީހުން "މުސްކުޅި ޢުމުރުގަ ޒިނޭކުރާ މީހާ ﷲ ޠޯހިރު ނުކުރައްވަވާނެކަމާ ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެ" ކަމަށް ބިރުވެތިވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޢުމުރުން ދުވަސްވުމުން ހަށިގަންނަ މީހުން "މުސްކުޅި ޢުމުރުގަ ޒިނޭކުރާ މީހާ ﷲ ޠޯހިރު ނުކުރައްވަވާނެކަމާ ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެ" ކަމަށް ބިރުވެތިވެބަލަ!

އެއްވެސް ޢުމުރެއްގައި ހަށިގަތުމެއް ނެތެވެ! އަދި ހަށިނުގަނެ ދެމީހުން ރުހި ބޭނުންވެގެންނަމަވެސް ފާޙިޝް ޢަމަލުކުރުމެއް ނެތެވެ. ކޮންމެ ޢުމުރެއްގައި ކުރިނަމަވެސް އެއީ ކުރެވޭ އެންމެ ބޮޑު އެއް ފާފައެވެ.  

ކަންމިހެން އޮތްނަމަވެސް ޢުމުރުން ދުވަސްވުމުން ޒިނޭކުރާނަމަ އެކަމުގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެގެންދެއެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

"އަޅުގަނޑުގެ ފިރިމީހާއަކީ ޢުމުރުން 60 އަހަރަށްވުރެ މަތީގެ މީހެކެވެ. އަޅުގަނޑަކީ އޭނާއަށްވުރެ 20 އަހަރު ހަގު އަންތބެކެވެ. ފިރިމީހާ މިހާރުވެސް ހަށިވިއްކާ ތަންތަނަށްގޮސް ޒިނޭކުރާތީ އެކަން އިޞްލާޙްކުރަން ބުނުމުން ކުށްވެރިކުރަނީ އަޅުގަނޑެވެ. ފިރިމީހާ އެކުރަނީ ކުށެއްކަން ބުނެދޭން ކުރެވޭނީ ކޮންކަމެއްތޯ؟" 

ކިޔުންތެރިޔާގެ ތިއަ ކަންބޮޑުވުމަކީ ވަރަށް ބިރުހުރި މައްސަލައެކެވެ. އެކަމުގައި ބިރުވެތިވާންޖެހޭ މިންވަރު ހަމައެކަނި މި ބަސްފުޅުންވެސް އެނގިގެންދާނެއެވެ. ފިރިމީހާއަށް މިބަސްފުޅު ނިކަން އަޑުއިއްވަބަލާށެވެ! ފިރިމީހާގެ ހިތުގައި ﷲ ގެ ޢަޛާބަށް ބިރުވެތިކަމެއްވާނަމަ ތެދުމަގު ދައްކަވައިފާނެތެވެ! އިން ޝާ ﷲ  

"މުސްކުޅި ޢުމުރުގައި ޒިނޭގެ ނުބައި ޢަމަލު ހިންގާ މީހުންނަށް ﷲ ރުހިވޮޑިގެން ބަސްވަޙީ ނުކުރައްވާނެ އެވެ. އަދި އެފަދަ އަޅަކަށް ރުހުމުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ. އަދި އެފަދަ އަޅަކު ޠާހިރު ނުކުރައްވާނެ އެވެ. އަދި އެފަދަ އަޅުންނަށް ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެއެވެ."

- ޝައިޚް ޙަސަން ލަޠީފް

މިއަދު އޮންލައިން