ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އޮންނަން ޖެހޭނީ ބަންޑުން! ބަންޑުން އޮވެ ނިދުމަކީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އޮންނަން ޖެހޭނީ ބަންޑުން! ބަންޑުން އޮވެ ނިދުމަކީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާ ކަމެއް!

ނަރަކައިގައި ހޭދަކުރަން ޖެހޭނެ މުއްދަތަކީ ހަމަ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ދާއިމަށް ގަދަފަދަ ޢަޛާބުގައި ތިބެން ޖެހޭނެ ބައަކު ހިމެނޭކަން އެއީ އެނގެން އޮތް ކަމެކެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނެން ގަދައަޅައި މަސައްކަތްކުރާށެވެ! ހަމަ އެއާއިއެކު ބަންޑުން އޮވެ ނުނިދާށެވެ! އެކަމަށް އާދަވެފައި ތިބި ބައަކު ތިބިނަމަ އަވަހަށް އެ އާދަ ދޫކޮށްލާށެވެ!

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"ބަންޑުން އޮވެ ނިދުމަކީ ރަސޫލް (ﷺ) މަނާކުރައްވަވާފައިވާ ކަމެކެވެ. ޙަދީޘްފުޅުގައިވަނީ ނަރަކައިގެ އަހުލުވެރިން އެތަނުގައި ތިބޭނީ ބަންޑުން ކަމަށާއި އެއީ ﷲ ތަޢާލާ ކޯފާވެވޮޑިގެންވާ ގޮތެއް ކަމަށެވެ!"

މިޙަދީޘްފުޅުން އެނގިގެންދަނީ ނަރަކައިގައި އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އުއްޑުން ޖެހިލުމުގެ ފުރުޞަތުވެސް ނުލިބޭނެ ކަމެކެވެ. ޢަޛާބު ދެއްވެވުމުގެ ގޮތުން އުއްޑުން ޖައްސަވައިފި ޙާލަތެއްގައި މެނުވީ ނަރަކައިގައި ތިބެން ޖެހޭނީ ބަންޑުން ކަމެވެ.

މިއަދު ދުނިޔޭގައި އިޚްތިޔާރުތަކެއް ﷲ ތަޢާލާ ދެއްވެވުމުން ހިތަށް އެރިކަމެއް ކުރަމުން ހިތަށް އެރިހައި ގޮތަކަށް އުޅެމުން ގެންދާ މީހުން މިފަދަ ޙަދީޘްފުޅުތަކަށް ވިސްނައި ބިރުވެތިވުން ހުއްޓެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން