ހިތްދަތިކަން ތިބާ ހުއްޓުވިއަ ނުދޭށެވެ! ތެދުވެ ހަށިފޮޅާލައި ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރީމާ މާބާރަށް ކުރިއަށްދާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހިތްދަތިކަން ތިބާ ހުއްޓުވިއަ ނުދޭށެވެ! ތެދުވެ ހަށިފޮޅާލައި ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރީމާ މާބާރަށް ކުރިއަށްދާނެ! އިން ޝާ ﷲ: މުފްތީ މެންކް

ހިތްދަތިކަމާ މާޔޫސްކަމުގައި ގިނަ ދުވަސްތައް ހޭދަކުރަންޖެހިފައިވާ މީހުންނާއި އަނިޔާ ލިބެމުންދާ މީހުންނާއި އެނޫންވެސް ހިތްދަތިޙާލަތުގައި އުޅެންޖެހިފައިވާ މީހުންގެ ލޮލުން އޮހޮރަމުން ގެންދާ ކަރުނަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އޭނާގެ ހިތަށް ކުރާ އަސަރުތައްވެސް މެއެވެ. ހިތުގައި އަޅާ ވޭންތައްވެސްމެއެވެ!

ކުރިމަތިވާ ޙާލަތާއި ގުޅިގެން ނުރޮއި ކެތް ނުކުރެވޭނަމަ ރޯށެވެ! ނަމަވެސް ރުއިން ހުއްޓާލަން މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް މުއްދަތެއްވެސް ކަނޑައަޅަންވާނެއެވެ. ހިތްވަރުކުރީމާ މުއްދަތަށްވުރެ މާކުރިންވެސް ހުއްޓައިލެވޭނެއެވެ. އިން ޝާ ﷲ

އެންމެ މުހިންމު ކަމަކީ އައު ޢަޒުމަކާއިއެކު ކުރިމަތިލުމުގެ ހިތްވަރު ލިބިގަތުމެވެ. ބާރަށް ކުރިއަށް ދިއުމުގެ ކުޅަދާނަކަން ލިބިގަތުމެވެ. ވީމާ ސާބިތުވާށެވެ! ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާކަން ޔަޤީންކުރާށެވެ! އެކަން ޔަޤީންކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާ ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ!

--މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން