ބިރުވެތިވޭ! ކުރެވޭ ކޮންމެ ފާފައަކީވެސް ނަމާދު ނުކުރުމަކީވެސް ﷲ ތަޢާލާ އާއިދެމެދު ދުރުކަން އުފެދޭ ސަބަބެއް! ޢަޛާބް ޙައްޤުވާކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބިރުވެތިވޭ! ކުރެވޭ ކޮންމެ ފާފައަކީވެސް ނަމާދު ނުކުރުމަކީވެސް ﷲ ތަޢާލާ އާއިދެމެދު ދުރުކަން އުފެދޭ ސަބަބެއް! ޢަޛާބް ޙައްޤުވާކަމެއް!: މުފްތީ މެންކް

ދުނިޔޭގައި އުޅެން ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުގައި ގިނަ ބައަކަށް އުޅެވެނީ އުފާވެރިކަން ހޯދުމަށެވެ. ދުނިޔޭގައި އުފާވެރިކަން ހޯދަން ކަންކަން ކުރާއިރު ތިމާއަށް މިކުރެވެނީ އެކަންކުރުމުން ތިމާއަށް ޢަޛާބު ޙައްޤުވާ ކަމެއް ކަމާއިމެދު އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ.

ދަންނާށެވެ! އެކަމެއް މެދުވެރިވުމުން އެމީހަކާއި ﷲ އާއި އިތުރަށް ކުއްތަންވެވުމަށް މަގުފަހިވާ އެއްވެސް ކަމަކީ ﷲ ތަޢާލާ މެދުވެރިކުރެއްވެވި ޢަޛާބެއް ނޫނެވެ. އެކަން ވާނީ ރަޙްމަތަކަށެވެ. ނަމަވެސް އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދު ދުރުކަން އުފެދޭ ކޮންމެ ކަމަކީ ޢަޛާބަކަށް ވެދާނެއެވެ. އެހެނީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދުރުވެގެން ދިއުމެވެ.

ދުނިޔޭގައި ހުރެ ކުރާ ޢަމަލުތަކުން ﷲ ތަޢާލާ އާއި ކުއްތަން ނުވެވި ﷲ ތަޢާލާ އާއި ދުރުވެވިއްޖެ މީހަކާއިމެދު ޤިޔާމަތް ދުވަހު ކަންކަން ވެގެން ހިނގައިދާނެ ގޮތާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ޢަޛާބަށް އެމީހަކު ހުށްހޮޅިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާން ޖެހޭނެއެވެ.

އެހެންކަމުން ތިބާއަށް ފާފަ ކުރެވޭނަމަ އެކަމަށް ވިސްނަން ޖެހޭނެއެވެ! ބިރުވެތިވާންވެސް ޖެހޭނެއެވެ! ސަބަބަކީ ކުރެވޭ ކޮންމެ ފާފަ އަކާއިއެކު އެމީހަކާއި ﷲ ތައާލާ އާއި ދެމެދުގައި ދުރުކަން އުފެދިގެންދާތީއެވެ! ފާފައެއް ކުރެވިއްޖެ ނަމަ ވީހައި އަވަހަކަށް ތައުބާވެ އިސްތިޣްފާރުކުރަން އޮތީ އެ ސަބަބަށްޓަކައެވެ. ﷲ ތަޢާލާ އާއި މީހާ އާއި ދުރުވިއަ ނުދިނުމަށްޓަކައެވެ. އަބަދުވެސް ވީހައި ބޮޑަށް ކުއްތަންވެގެން ހުންނަން ޖެހޭތީއެވެ! ﷲ ތަޢާލާ އާއި ކުއްތަންވެވި ޢަޛާބުން ސަލާމަތްވެވުން އޮތީ ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރިވަރަކުންނެވެ!

އަދި ކީއްހެއްޔެވެ؟ ނަމާދު ނުކުރުމަކީވެސް ﷲ ތަޢާލާ އާއިދެމެދު ދުރުކަން އުފެދޭ ސަބަބެކެވެ. ވީމާ ނަމާދު އަޅަން ހެޔޮ ނުވާނެއެވެ! ނަމާދަށް ފަރުވާކުޑަކުރަން ހަމަ އެއްގޮތަކަށްވެސް ހެޔޮނުވާނެއެވެ!

އެއްވެސް މީހަކާއ ﷲ ތަޢާލާ އާއި ދެމެދު ދުރުކަން އުފެދިގެން ދިއުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއި ދުރަށް ދެވޭ ކަމެކެވެ. ވީމާ އެފަދަ ކޮންމެ ކަމަކީ ތިމާއަށް މެދުވެރިވާ ޢަޛާބެއްކަމަށް ވެދާނެ ކަމަށް ބިރުވެތިވާށެވެ!

ﷲ ތަޢާލާ ވަޙީކުރައްވަވައި އެންގެވުމުން ނޫނީ މިވެނި ކަމަކީ ޢަޛާބެއް ކަމަށް ސީދާ ބުނެގެން ނުވާނެއެވެ. ވީމާ މިވެނިކަމަކީ ޢަޛާބެކެވެ ބުނެގެން ނުވާނެ އެވެ. ނަމަވެސް މިބުނި ކަންކަމަށް ވިސްނުމުން ޢަޛާބަކަށްވެދާނެ ކަންކަން އެނގިގެންދާނެއެވެ! ބިރުވެތިވާށެވެ! ޢަޛާބަށް ބިރުވެތިވާށެވެ! އާޚިރަތުގައި ސަލާމަތްކަން ލިބުން އޮތީ ދުނިޔޭގައި ހުރިއިރު ޢަޛާބަށް ބިރުވެތިވެވުނު ވަރަކުންނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން