ހަކުރުބަލީގެ މީހުންނަށް އިންސިޔުލިނުން ސަލާމަތްވެވޭނެ ގޮތްވެސް އެބައޮތެވެ! ބަލި ބޮޑުތަނުން ކުޑަކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހަކުރުބަލީގެ މީހުންނަށް އިންސިޔުލިނުން ސަލާމަތްވެވޭނެ ގޮތްވެސް އެބައޮތެވެ! ބަލި ބޮޑުތަނުން ކުޑަކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ!

ހަށިގަނޑުގައި ހުންނަ ހަކުރުގެ ލެވެލް ދަށްކުރުމަށްޓަކައި ކުރަން އެންމެ މުހިންމު އެއް ކަމަކީ ކަސްރަތުކުރުމެވެ. ހިނގުމަކީވެސް ކަސްރަތެއް ނަމަވެސް ހަމައެކަނި ހިނގައިލުމަކުން ނުފުދެއެވެ. ލުއި މަގަކުން ހިނގައިލުމަށްފަހު އެއުރޯބިކްސްގެ ކޮންމެވެސް ބާވަތެއްގެ ކަސްރަތެއް ކުރުމުން ކުރާ ފައިދާ ވަރަށް ބޮޑަށް އިތުރުވެއެވެ.  

މިހައިތަނަށް ޓެސްޓްކުރެވުނު މީހުންގެ ނަތީޖާއަށްބަލާއިރު 30 މިނިޓް އެއުރޯބިކްސްގެ ކަސްރަތެއް ކުރުމުން ކުރާ ފައިދާ ވަރަށް ބޮޑުތައް އިތުރުވެއެވެ. އިންސިޔުލިން ބޭނުންކުރާ ބައެއް މީހުންނަށް އިންސުލިން ޖަހަން ނުޖެހޭ މިންވަރަށްވެސް ވަނީ ފައިދާކޮށްފައެވެ.  

ކަސްރަތުކުރަން ރަނގަޅީވެސް 30 މިނިޓްވަންދެންނެވެ. ގިނަ އިރު ކަސްރަތު ކުރުމުން ބައެއް މީހުންނަށް އެކިބާވަތުގެ މައްސަލަތައް ކުރިމަތިވެއެވެ. ވީމާ ކަސްރަތުކުރަން އެންމެ ރަނގަޅީވެސް 30 މިނިޓް އިރެވެ.  

ހަކުރުބަލި މިހާރު ޢާންމުވެފައިވާވަރު އެނގޭހެއްޔެވެ؟ ހަކުރުބަލީގައި އުޅެންޖެހޭ 530 މިލިއަން މީހުން އެބަތިއްބެވެ. އެއިގެ ތެރެއިން 98 އިންސައްތަ މީހުންނަކީ ޑައިބެޓިސް ޓައޕް 2 ގެ މީހުންނެވެ.  

- މަޢުލޫމާތު: ޔުނިވަރސިޓާ ކެޓޮލިކާ

މިއަދު އޮންލައިން