އަނބިން ފިރިން ދެކެ އެންމެ ބޮޑަށް ފޫހިވާ 4 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަނބިން ފިރިން ދެކެ އެންމެ ބޮޑަށް ފޫހިވާ 4 ސިފަ-

ކިތަންމެ ހެޔޮލަފާ އަނތބަކުކަމުގައިވީނަމަވެސް ފިރިމީހާގެ ކިބައިގައި މި 4 ސިފަ ހުންނަނަމަ އެމީހަކު ދެކެ ފޫހިވާން ފަށައެވެ. 

1 ދެމަފިރިންގެ މަދުގައި މައްސަލައެއް ޖެހޭއިރަށް އެކަމެއްގެ ވާހަކަ ޢާއިލާގެ މީހުންނާއި އެކުވެރިންގެ ގާތުގައި ދައްކާނަމަ- 

އެހެން އެވަނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއް އެހެން މީހަކާއި ނުވަތަ ބައަކާއި ޙިއްޞާކުރަންޖެހޭނީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުނުކުރެވިއްޖެނަމަ ކަމަށްވާތީއެވެ. އަދި އެހެން މީހުންނާއި ޙިއްޞާކުރުމުން ލަދުވެތިވާންޖެހޭ ކަންކަންވެސް ހުންނާތީއެވެ. ތިމާގެ އެފަދަ ކަންކަން އެއްވެސް އިތުރު މީހަކަށް އަންގަން ބޭނުންނުވާނެތީއެވެ. 

2 ދޮގުބުނުން 

ދޮގުބުނުމަކީ ކޮންމެ މީހަކުވެސް އެންމެ ނުރުހޭނެ ކަންތަކެވެ. ދޮގުހެދުން ގިނަވެއްޖެނަމަ ކޮންމެ މީހަކުވެސް ފޫހިވާނެއެވެ. ހެޔޮލަފާ އަނބިން ވަކިންބޮޑަށް ފޫހިވާނެއެވެ. އެއީ އެކަނބަލުން ދޮގުނުބުނާނެތީއެވެ. އަދި ފިރިމީހާވެސް ދޮގުނުބުނާނެ ކަމަށް ބަލައި އިތުބާރުކޮށްގެން ތިބޭތީއެވެ.

3 އަނިޔާވެރިވުން 

އަނިޔާވެރިވުމަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. ވީމާ އަނިޔާއަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! އަނިޔާވެރި، ހަރުކަށިބަސްތައްވެސް ނުބުނާށެވެ!  

4 ލިބޭ މިންވަރުން ޚަރަދުކުރުމުގަ ދަހިވެތިވުން 

އެމީހަކަށް ނުލިބޭ މިންވަރަށް ޚަރަދުކުރަން ބުނަނީއެއް ނޫނެވެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ލިބޭ މިންވަރަކުން އަނބިދަރިންނަށް ޚަރަދުކުރުމުގައި ދަހިވެތިނުވާށެވެ! ދީލަތިވާށެވެ! ނޫންނަމަ ކިތަންމެ ހެޔޮލަފާ އަންތބަކުނަމަވެސް ފިރިމީހާދެކެ ފޫހިވާން ފަށާނެއެވެ. 

މިގޮތަށް ފާހަގަކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. އަހުރެން މިވަޤުތު ފާހަގަމިކުރީ އެންމެ ގިނަ ބައަކަށް އިހްމާލްވެވޭ ނުވަތަ ފަރުވާކުޑަކޮށްލެވޭކަމަށް ފާހަގަކުރެވޭ 4 ކަންތަކެވެ. ސަމާލުކަންދީފިނަމަ ފައިދާކުރާނެއެވެ. އިން ޝާ ﷲ 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން